ދިވެހިރާއްޖެ އަކީ ދުނިޔޭގެ އެތައް މަސްހޫރު ފަންނާނުންނެއް އެމީހުންގެ އާއިލާ އާއިއެކު ޗުއްޓީ ހޭދަކޮށްލަން އަންނަ އެއްގައުމެވެ. އެ ފަންނާނުން ރާއްޖެ އައިސްފި ނަމަ އެމީހުން ގެ ސޯސަލް މީޑިޔާ ފުރިގެން ދަނީ ދިވެހިރާއްޖޭގެ ހިތްގައިމު ރީތި މަންޒަރުތަކުންނެވެ. މީގެ އިތުރުން ދިވެހި ރާއްޖޭ ގެ ހިތްގައިމު މަންޒަރުތައް ވަނީ އެތައް ލަވަ އެއް އަދި ފިލްމުތަކުން ވެސް  ފެނިގެން ގޮސްފައިއެވެ.

ސޮނީ މިއުޒިކާއި ރީޕްލޭ މިއުޒިކް އިންޑިޔާ އިން ޕްރޮޑިއުސް ކޮށްފައިވާ  ކެއިސޭ ޖުދާ ރަހޭން ނަމަކަށް ކިޔާ މި ލަވައިން އަނެއްކާ ވެސް މި ވަނީ ދިވެހި ރާއްޖޭގެ ރީތިކަން އާންމުންނާއި ހަމައަށް ފޯރު ކޮށް ދީފައިއެވެ.  މި ލަވަ ސޫޓް ކޮށްފައިވަނީ 3 ލޮކޭޝަން އެއްގައިއެވެ. އެއީ އިންޑިޔާގެ ދިއްލީ އަދި  ޗަންދީގަރްގެ އިތުރުން ރާއްޖޭގެ ރިސޯޓެއް ކަމުގައިވާ ކަނޑިންމަ ރިސޯޓެވެ.

މި ވީޑިޔޯގައި ކަނޑިންމަ ރިސޯޓް ގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދެއެވެ. އެގޮތުން އެ ރިސޯޓް ގެ ރޫމް ތަކާއި ރީތި މޫދުގެ އިތުރުން ވޯޓާ ވިލާ ތަކުގެ ރީތިކަން ވަނީ މި ވީޑިޔޯއިން ވަރަށް ފުރިހަމައަށް ދައްކުވައިދީފައިއެވެ.

މި ލަވައިގައި ފެނިގެންދަނީ މަޝްހޫރު އެކްޓަރ ސިދާތު ގުޕްތާއާއި ޔޫޖިނާ ބެލޮސޯވާއެވެ. މި ލަވަ އަށް މިހާތަނައް 3.1 މިލިއަން ވިއު ލިބިފައިވާ އިރު މިލަވައިން ދައްކުވައިދެނީ ވަރަށް ގިނަ ދުވަސް ފަހުން ދިމާވާ 2 ލޯބިވެރިންގެ ވާހަކަ އެވެ. މި ލަވައިގައި ކަބީރް ރެސޯޓްގެ ނަމުގައި ދައްކުވަދީފައި ވަނީ ކަނޑިންމަ ރެސޯޓް އެވެ.