ކައިލާން ގްރޫޕްގެ ފަރާތުން ހިންގާ ކައިލާން ފިހާރަ އަދި ކައިލާން ޓްރެންޑްސްގެ މުދާ އޮންލައިންކޮށް ގަނެވޭ ގޮތަށް ކައިލާން އޮންލައިން ޝޮޕް ރަސްމީކޮށް ހުޅުވާލައިފިއެވެ. މިއަދުން ފެށިގެން ކައިލާން ވެބްސައިޓް
https://kailaan.mv އިން މުދާ ބައްލަވައިގަނެވޭނެއެވެ. އަދި އޮންލައިންކޮށް ވިޔަފާރި ކުރައްވާ ފަރާތްތަކަށް ހިލޭ ގެންގޮސްދެވޭނެއެވެ. އަދި ރަށްރަށުން ވިޔަފާރި ކުރައްވާ ފަރާތްތަކުން އެދިލައްވާ ބޯޓަކަށް ހިލޭ ޑެލިވަރީ ކޮށްދެވޭނެއެވެ.
ކައިލާންގެ އާންމު ކަސްޓަމަރުންގެ ޚިޔާލާއެކު އާންމު ކުރެވިގެން މިދިޔަ ކައިލާން އޮންލައިން ފިހާރައިން ކައިލާން އިން ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭ، ބޮޑީ މިސްޓް އަދި ޝަވަރޖެލް ވެސް ލިބިލައްވާނެއެވެ. ދުނިޔޭގެ ބާޒާރުގައި ނަންހިނގާ އެންމެ މަޝްހޫރު ވަސްތައް ކަމުގައިވާ ގުޑް ގާރލް، އޮލިމްޕިއާ، ވިކްޓޯރިއާ ސީކްރެޓް، މިޑްނައިޓް ރޯސް، އިންވިކްޓަސް، ސަވޭޖް، ޓޫވަންޓޫ، ބުލޫ ޑެ ޗެނަލް، ފެރަންހައިޓް ފަދަ މަޝްހޫރު ވަސްތަކާއެކު ބާޒާރަށް ނެރެފައިވާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭ، ބޮޑީ މިސްޓް އަދި ޝަވަރޖެލްއަކީ ވަރަށް ގިނަ ވަގުތު ވަސް ހުންނަ ޕްރޮޑަކްޓެކެވެ.
މީގެ އިތުރުން ކައިލާން ގްރޫޕް ފަރާތުން ރާއްޖެ އެތެރެކޮށް މާރކެޓް ކުރާ އެކި ބްރޭންޑްތަކުގެ ސެންޓާ ބޮޑީ ސްޕްރޭ އަދި އެހެނިހެން ބައެއް ޕްރޮޑަކްޓްތައްވެސް ކައިލާން އޮންލައިން ފިހާރައިން ލިބިލައްވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 7986474 އަށް ގުޅާލެއްވުމުން އެ މަޢުލޫމާތެއް ލިބިލައްވާނެއެވެ.
