އެސްޓީއޯ ޔޫރޯ ފޯރީގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޖޫން މަހުގެ 13 ން ޖުލައި 14 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މައި ފިހާރަ އާއި އަތޮޅު ތެރޭގެ ފިހާރަތަކުގައެވެ.

މި ޕްރޮމޯޝަންގައި 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ޕްރޮމޯޝަންގައި ހިމެނޭ އުފެއްދުންތަކަކީ ފިލިޕްސް ބްރޭންޑްގެ ޓީވީ, ހޯމް ތިއޭޓަރ ސިސްޓަމް, އަދި ހެޑްފޯން އާއި ބޮކްސްލައިޓް ބްރޭންޑްގެ ޕްރޮޖެކްޓަރ އެވެ.

އެސްޓީއޯ އިން ބުނީ، ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި ގުރުއަތުން ހޮވޭ ފަރާތަކަށް 50,000 ރުފިޔާގެ އިނާމު ލިބޭނެ ކަމަށެވެ. އަދި ކޮންމެ މެޗެއްގެ ނަތީޖާ ދިމާ ކުރުމުގެ ފުރުސަތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފޭސްބުކް ޕޭޖްގައި ހުޅުވާލާނެ ކަމަށެވެ.

މީގެއިތުރުން ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް ހޯމް ތިއޭޓަރ ސިސްޓަމެއް ލިބޭއިރު، ދެވަނަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަރ ސިސްޓަމެއް ލިބޭނެ ކަަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ. އަދި ކުއާޓަރ ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަރ ސިސްޓަމެއް ލިބޭނެކަމަށެވެ.

ފައިނަލް މެޗްގެ ނަތީޖާ ދިމާކުރާ ފަރާތަކަށް 65 އިންޗީގެ ޓީވީއެއް ލިބޭނެކަމަށާއި ކޮންމެ ބުރެއްގައި ވެސް ޕޮއިންޓް އެއްވަރު ވެއްޖެނަމަ އިނާމު ލިބޭ ފަރާތް ހޮވާނީ ގުރުއަތުން ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.