ބ.ކެންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކެންދޫ ފުޓްބޯލް ޗެލެންޖު 2024ގެ ތިންވަނަ މެޗު ހޭޅި ކާމިޔާބުކޮށްފިއެވެ. މި މެޗުގައި ބައްދަލު ކުރީ ހޭޅި އަދި އެފް.ސީ ރައިވަލްސް އެވެ.

މި މެޗުގައިވެސް ފެނިގެން ގޮސްފައިވަނީ ވާދަވެރި ކުޅުމެކެވެ. މިއީ މި މުބާރާތުގައި ވާދަކުރާ އެއްމެ ހަގު ދެ ޓީމެވެ.

2-3 ގެ ނަތީޖާ އަކުން މި މެޗު ހޭޅި ކާމިޔާބު ކުރި އިރު، ހޭޅީގެ ޖާޒީ ނަންބަރ 10، އާދަމް މާހުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މާހު ވަނީ މި މެޗުގައި ދެ ގޯލުވެސް ކާމިޔާބުކޮށްދީފައެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ރައިވަލްސްގެ ކުޅުންތެރިންވެސް ނަވީ މޮޅު ކުޅުމެއް ދައްކާފައެވެ. ހޭޅި ޓީމުގެ ޑިފެންސު ފޫއަޅުވާލަން އުފެއްދި ގިނަ ހަމަލާތަކެއް އެ ޓީމުގެ ޖާޒީ ނަންބަރ 4، ގާސިމް ސަމާމު ވަނީ ދިފާއުކޮށްފައެވެ. މުޅި މެޗުގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކާ، މެޗުގެ އެއްމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައި ވަނީ ހޭޅީގެ ޑިފެންޑަރ ގާސިމް ސަމާމެވެ.

މިއަދުވެސް މި މުބާރާތުގެ ކުޅުން އޮންނާނެއެވެ. މިއަދު އޮންނަަނީ ގުރޫޕު ބީ ގެ ދެވަނަ މެޗެވެ. މި މެޗުގައި ބައްދަލު ކުރާނީ ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ގްލޯރިއަސް ވިކްޓްރީއެވެ. މިއަދު ހަވީރު 16:00ގައި މި މެޗުގެ ކުޅުން ކެންދޫ ރަސްމީ ފުޓުބޯޅަ ދަނޑުގައި އޮންނާނެއެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރުމީޑިއާއެވެ. ކޯ ސްޕޮންސަރަކީ ފްލާވަރ ބޯއްޓެވެ. އަދި ކޯ ޕާޓްނަރުންގެ ގޮތުގައި ތަނބިވަށް، ނަޔަމް ޓްރޭޑާސް، ސީކް ޖަމުއިއްޔާ، ކެންދޫ ޒުވާނުންގެ ގުޅުން، ދޯނި މޯލްޑިވްސް، މުރާދު ކާޕެންޓްރީ، އަނަންތާރާ ކިހަވަށް އަދި ދިރާގު ހިމެނެއެވެ.