ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، ބޮޑު ހިލައިގެ 3 ވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެމްޓިސީސީ އިން ބުނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އެެއްގަމު ތޮށިލުމުގެ ވޭރިއޭޝަން މަސައްކަތްވެސް ވަނީ ނިމިފައި ކަމަށެވެ. އަދި ކުރީގެ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ %87 ވަނީ ނިމިފައެވެ.
 
މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 49 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 58 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސްޖެހުމަށް ވަނީ ހަމަޖައްސާފައެވެ. އަދި 81 މީޓަރުގެ ސަރަހައްދެއްގައި ނެރު ތޮށިލުމާއި، 768 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމަށް ވެސް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން 898 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 9270 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 88.36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.