މަސް ނިމޭ އިރު ބާކީ ހުންނަ ޑޭޓާ ބޭނުންކުރެވޭ ގޮތުގެ އުސޫލެއް ހަދާފައިވާ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ.

އެ ކުންފުނީގެ އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މިމަހު އެއަށް އަމަލު ކުރަން ފަށާނެ ކަމަށެވެ. 

"އެއްމަސް ނިމޭއިރު ހުންނަ ޑޭޓާ އަނެއް މަސް ފެށެންވާއިރަށް ކެނޑޭ މައްސަލަ އަކީ ހުރިހާ ކަސްޓަމަރުން ޝަކުވާ ކުރާ މައްސަލައެއް. އެ މަހެއްގައި ބާކީ ހުންނަ ޑޭޓާ ބޭނުން ކުރެވޭނެ ގޮތުގެ އުސޫލެއް މިހާރު ވަނީ ހަދާފަ. އެ އުސޫލަށް މިމަހު އަމަލު ކުރަން ފަށާނެ." ނިޔާޒު ވިދާޅުވި އެވެ.

އެހެންނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.

މަސް ނިމޭއިރު ބޭނުންނުކުރެވި ހުންނަ ޑޭޓާ އަނެއް މަހުގައި ބޭނުން ނުކުރެވޭ މައްސަލައަކީ ވަރަށް ގިނަ މީހުންގެ ޝަކުވާއަކަށް ވާ އިރު، މިއީ ރާއްޖޭގައި މި ފަދަ އުސޫލެއް އެކުލަވާލެވޭ ފުރަތަމަ ފަހަރެވެ.

ގިނަ މީހުން ދެކޭ ގޮތުގައި ގަނެފައިވާ އެއްޗެއް ބޭނުން ނުކުރެވޭ ގޮތަށް ހެދުމުގެ އިޚްތިޔާރެއް ވިއްކާ ފަރާތަކަށް ނޯންނާނެއެވެ