ސްޓެލްކޯ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ހިންގައިފިއެވެ.

މިއީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ޙިއްސާވުމަށް ސްޓެލްކޯއިން އިސްނަގައިގެން މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.

މިފަދަ ދާއިރާތަކުން މުޖުތަމަޢުއަށް ޚިދުމަތްކުރުމުގައި ސްޓެލްކޯ އިސްނެގުމަކީ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް އިސްކަންދޭ ކަމަކަށްވާއިރު، މި ޕްރޮގްރާމަށް މުވައްޒަފުންގެ ފަރާތުން ވަނީ ވަރަށް ބޮޑުތަރުޙީބެއް ލިބިގެންގޮސްފައެވެ.

ކޮންމެ އަހަރަކުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި އެކުންފުނީގެ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ފަހުރުވެރިކަމާއިއެކު ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ޕްރޮގްރާމްގައި ލޭ ހަދިޔާ ކުރުމަށް 100 އާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން ވަނީ ވޮލަންޓިއަރ ކޮށްފައެވެ.