ހަކުރު ބައްޔާއި، ކިޑްނީ، އަދި ހިތުގެ ބަލިތަކަށް ހާއްސަ ބޭސް ތަކާއިމެދު ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް އެސްޓީއޯ މެޑިކަލް ސާވިސަސް އިން ހާއްސަ ކޮންފަރެންސެއް ބާއްވައިފިއެވެ.

މި ކޮންފަރެންސް ގެ މައިގަނޑު މަގްސަދަކީ އެސްޓީއޯއިން މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައި ރާއްޖެއަށް ތައާރަފް ކުރި އެސްޓްރާޒެނެކާ ބްރޭންޑް ގެ ބޭސްތަކުގެ ތެރެއިން ހަކުރުބަލީގެ ދެވަނަ ސްޓޭޖް ގެ ބަލިމީހުންނަށް ފަރުވާކުރުމަށް ހާއްސަ ބޭސް ތަކުގެ ތެރެއިން އެއްބޭހަކީ ލޭގައި ހިމެނޭ ގުލޫކޯޒް ލެވެލް  ކޮންޓްރޯލް ކުރުމަށް މުހިއްމު ރޯލެއް އަދާ ކުރާ ބޭހެއްކަމުގައި ޔޫއެސް ގެ އެފްޑީއޭ އިން ނިންމުމުން މިއާއި ގުޅޭ މުހިއްމު މައުލޫމާތު ރާއްޖޭގެ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ފޯރުކޮށްދިނުމަށެވެ. 

100 އަށް ވުރެ ގިނަ ސީއްހީ ދާއިރާގެ މަސައްކަތްތެރިން ބައިވެރިވި މި ކޮންފަރެންސްގައި ރާއްޖޭގެ ފުންނާބު އުސް ޑޮކްޓަރުން ކަމުގައިވާ ޑރ. މުހައްމަދު ސިރުހާން، ޑރ. އިބްރާހިމް ޝިހާމް، އަދި ޑރ. ޝަނީޒް ނަޖްމީ ވަނީ ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކާއި ބެހޭ މުހިއްމު މައުލޫތު ހިއްސާ ކުރައްވާފައެވެ. 

އެސްޓީއޯ މެޑިކަލް ސާވިސަސް އަކީ އަބަދުވެސް ސިއްހީދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދާއިރާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށްދީ ދާއިރާ ކުރިއެރުވުމަށް ގިނަގިނަ މަސައްކަތްތަކެއް ކުރަމުންއަންކުންފުންޏެކެވެ.

އެސްޓީއޯ މެޑިކަލް ސާވިސަސް ގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭހާއި ވަސީލަތްތައް ފޯރު ކޮށްދީ ސިއްހީދާއިރާގެ ފެންފަރު އިތުރައް ކުރިއެރުވުމެވެ.