މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވިސާ ޕްލެޓިނަމް އަދި ވިސާ ގޯލްޑް ޑެބިޓު ކާޑު ތަޢާރަފްކޮށް، ލޯންޗު ކޮށްފި އެވެ.
އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ވިސާ ގަބޫލުކުރާ ޕީއޯއެސް މެޝިންތަކުންނާއި އޭޓީއެމްތަކުން ޚިދުމަތް ހޯދޭނެ ކަމަށެވެ.
"ވިސާ ޕްލެޓިނަމް އަކީ ޕްރީމިއަމް އޮފަރިންގ އެއް. ވިސާ ގޯލްޑް ކާޑާ އެކު 'އެވްރީޑޭ ބެނެފިޓްސް'ގެ ނަމުގައި ޑިސްކައުންޓް ސްކީމެއް ވެސް ވާނީ ތަޢާރަފްކޮށްފަ. އެ ސްކީމުން ގިނަ އަދަދެއްގެ ފިހާރަތަކުން އެމްއައިބީ ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭނެ." އެމްއައިބީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބޫންކުން އިތުރަށް ބުނީ މުސްތަގުބަލުގައި އިތުރު ކަންކަންވެސް ތަޢާރަފް ކުރާނެ ކަމަށެވެ.
