މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ މަޝްހޫރު ބަތަލާ އާލިޔާ ބަޓް ވަނީ ދާދި ފަހުން ކޮވިޑް އަށް ޕޮސިޓިވް ވެފައިއެވެ. އިންޑިޔާ މަޝްހޫރު ނޫހެއް ކަމުގައިވާ "ހިންދުސްތާން ޓައިމްސް" ޝާއިރު ކޮށްފައިވާގޮތުން ކޮވިޑް އަށް ޕޮސިޓިވް ވުމުން އާލިޔާ ވަނީ ގޭގައި ކަރަންޓީންކޮށްފައެވެ. މިކަން ވަނީ އާލިޔާ ވެސް ކަށަވަރުކޮށްދީފައި އެވެ. އެގޮތުން އޭނާވަނީ ކޮވިޑް ޖެހިފައިވާ ކަމާއި މިހާރު ހުރީ ހޯމް ކަރަންޓީންގައި ކަމަށް އޭނާގެ އިންސްޓާގްރާމް ސްޓޯރީގައި ހާމަ ކޮށްފައެވެ. އާލިއާ އިތުރަށް ހާމަ ކުރި ގޮތުގައި އޭނަ ވަނީ ކޮވިޑަށް ފައްސިވުމާއެކު އަމިއްލައަށް ހޯމް ކަރަންޓީން ވެފައި ކަމަށާއި، އަދި މިހާރު އަންނަނީ ޑޮކްޓަރުންގެ ލަފަޔާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ކަމަށެވެ.
މީގެ ދުވަސް ކޮޅެއް ކުރިން އާލިޔާ ގެ ލޯބިވެރިޔާ އަދި މަޝްހޫރު ބަތަލް ރަންބީރު ކަޕޫރް ވަނީ ކޮވިޑް އަށް ޕޮސިޓް ވެފައިއެވެ. ނަމަވެސް އޭރު އާލިޔާ ޓެސްޓް ހެދުމުން ނަތީޖާ އައީ ނެގެޓިވް ކޮށެވެ. މިއީ އާލިޔާ ޕޮސިޓިވް ވި ފުރަތަމަ ފަހަރެވެ.
އިންޑިޔާ ބައިވަރު މަޝްހޫރު ތަރިން ވަނީ މިހާތަނަށް ކޮވިޑް 19 އަށް ޕޮސިޓިވް ވެފައިއެވެ. އެ ގޮތުން އަމީތާބް ބަޗަންގެ އިތުރުން އޭނާގެ ދަނބިދަރި އައިޝްވާރިއާ ރާއީ ބަޗަން އާއި އާމިރް ޚާން ވެސް ފާހަގަ ކޮށްލެވެއެވެ.
