ކައްޓަލައަކީ ހަށިގަނޑަށް ފައިދާ ހުރި ފަލަމަޑީގެ ބާވަތެކެވެ. ބަރުދަން ލުއިކޮށް ހަށިގަނޑު ފިޓްކޮށްބަހައްޓަން ބޭނުންވާނަމަ މިއީ ކެއުމަށް ރަނގަޅު އެއްޗެއްކެވެ. މިފަހަރު މިގެނެސްދެނީ ކައްޓަލަ ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭ " ސްވީޓް ޕޮޓޭޓޯ ޓޯސްޓް ވިތް މެޑިޓަރޭނިއަން ސަލްސާ" ކިއާ ފައިދާހުރި ޓޯސްޓެއް ތައްޔާރުކުރާނެ ގޮތެވެ.

ކައްޓަލަ ޓޯސްޓް ހަދަން ބޭނުންވާނީ :

4 ކައްޓަލަ ( 1/4 އިންޗި ބޯމިނަށް ދިގު ފޮއްޗަަށް ކޮށާފައި)

ކުޑަ ޒައިތޫނި ތެޔޮފޮދެއް ( ޓޯސްޓް މަތީގައި އުގުޅާލެވޭ ވަރަށް)

ލޮނު

އަސޭމިރުސް

ރޯޒްމޭރީ ޗިކްޕީ ސްޕްރެޑް ހަދަން ބޭނުންވާނީ

1 ޖޯޑު ޗިކްޕީ (މަޑުވަންދެން ފެނުކައްކާލާފަ)

1 ސަމުސާ ލުނބޯހުތް

2 ސައިސަމުސާ ރޯޒްމޭރީ ފަތް ( ފްރެޝްފަތްނެތްނަމަ ހިއްކާފައި ހުންނަފަތް)

4 ލޮނުމެދު (ކުދިކޮށް ކޮށާލާފައި)

ލޮނު ( ރަހަ ހެޔޮވަރުވާ ވަރަށް)

އަސޭމިރުސް

މެޑިޓަރޭނިއަން ސަލްސާ ހަދަން ބޭނުންވާތަކެތި :
1/2 ކިއުކަމްބަރ

އޮލިވް

ޓޮމާޓޯ

1/2 ފިޔާ

1/2 ލުނބޯހުތް

2 ސައިސަމްސާ ޕާރސްލީ ( ކޮށާލާފައި)

ލޮނު ( ރަހަ ހެޔޮވަރުވާ ވަރަށް )

1/2 ސަަމުސާ އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް

އަވަން ހޫނު ކުރަން ޖައްސާފަ، ޓްރޭގައި ބޭކިން ޕޭޕަރ އަޅާ ތައްޔާރުކޮށްލާށެވެ. އެއަށްފަހު ކޮށާފައިވާ ކައްޓަލަ ފޮތިތަކުގެ ދެފަރާތުގައި އޮލިވް އޮއިލް އުނގުޅާލާށެވެ. އަދި ލޮނާއި އަސޭމިރުސް ކޮޅެއް ލުމަށްފަހު ޓްރޭގައި އަތުރާލާށެވެ. 10 މިނެޓްވަންދެން އަވަނުން ފިހެލުމަށްފަހު އަނެއްފުށަށް ޖަހާލާފައި ދެފަރާތް ރޯފިލަންދެން ފިހެލާށެވެ.

ރޯސްމޭރީ ޗިކްޕީ ސްޕްރެޑް ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް މިކްސަރ އަށް އަޅާ އޮމާން ކްރީމަކަށް ވަންދެން ފުނޑާލާށެވެ.

އެއަށްފަހު މެޑިޓަރޭނިއަން ސަލްސާ ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ ތަކެތި ކުދިކުދިކޮށް ކޮށާލުމަށްފަހު ތައްޓަަކަށް އަޅާ ހުރިހާ ސާމާނު އެއްކޮށްލާށެވެ.

ފިހެފާހުރި ކައްޓަލަ ކުޑަކޮށްހިހޫ ވެލުމުން ރޯޒްމޭރީ ޗިކްޕީ ސްޕްރެޑް ސަމްސަލެއް ކަޢްޓަލަ ޓޯސްޓުގައި އުގުޅާލުމަށްފަހު މައްޗަށް ސައިސަމްސަލެއްގެ ސަލްސާ އަޅާލުމުން "ސްވީޓް ޕޮޓޭޓޯ ޓޯސްޓް ވިތް މެޑީޓަރޭނިއަން ސަލްސާ " ތައްޔާރުވީއެވެ.

މިއީ ޑައިޓް ކުރައްވާ ބޭފުޅުންނަށް ސިއްހަތަށް ފައިދާ ހުރި އަނގަޔަށް މީރު ބަނޑަށްލުއި ކެއުމެކެވެ.