އެސްޓީއޯ މެޑިކަލް ސާވިސަސް އިން ދަރުމަވަންތަ ހޮސްޕިޓަލުގައި އައު ފާމަސީ އެއް ހުޅުވައިފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމީއްޔާތުގައި މި ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން އާމިރް މަންސޫރް އެވެ. މި ރަސްމީއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމް އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވިގެން ދިޔަ އެސްޓީއޯގެ އައު ފާމަސީއަކީ އެހެން ފާމަސީތަކާއި ތަފާތުކޮށް މޮޑާން ކޮންސެޕްޓަކަށް ތައްޔާރު ކުރެވިފައިވާ ފާމަސީއެކެވެ. މިހެން ކަމުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ބޭހާއި ހޮސްޕިޓަލު އަދި ގޭގައި ބޭނުންކުރެވޭނެ މެޑިކަލް އިކިއުޕްމެންޓްސް ގެ އިތުރުން ޕަރސަނަލް ކެއަރ ރޭންޖް ގެ ވަރަށް ގިނަ ތަކެތި ލިބިލައްވާނެއެވެ.
މި ފާމަސީއާއިއެކު ދަރުމަވަންތަ އަދި އައިޖީއެމްއެޗް ހޮސްޕިޓަލަށް ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބޭނެއެވެ. އެއީ ހޮސްޕިޓަލުގެ ގޯތިތެރޭގައި އިންޕޭޝަންޓުންނަށް ވަރަށް ބޭނުންތެރި ގިނަ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިހުންނާނެތީއެވެ.
މި ފާމަސީ ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިން އެންޓްރެންސް އިން ވަންނައިރު ކަނާތްފަރާތަށެވެ.
