1990 ގެ އަހަރު ތަކުގައި މަޝްހޫރު ވެގެން ދިޔަ ބޮލީވުޑް ގެ ތަރި ގޮވިންދާ މި ވަނީ ދާދި ފަހުން ކޮވިޑް-19 އަށް ޕޮސިޓީވް ވެފައިއެވެ. މިކަން ޔަގީން ކޮށް ދެމުން ގޮވިންދާގެ އަންހެނުން ސުނީތާ އަހޫޖާ ބުނެފައިވަނީ ގޯވިންދާ އަށް ކޮވިޑް ޖެހިފައިވީ ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށާއި ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. މީގެ އިތުރުން ގޯވިންދާ މިވަގުތު ހުރީ ގޭގައި ކަރަންޓީން ވެގެން ކަމަށް ވެސް ސުނީތާ ވަނީ ބުނެފައިއެވެ.
ބޮލީވުޑުގައި އަމިއްލަ ސްޓައިލްއެއް ތަޢާރަފްކޮށް ހެއްވާ މަޖާ ރޯލުތަކުންނާއި އެކްޓް ކުރުމުގެ މޮޅު ހުނަރުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އުމުރުން 57 އަހަރުގެ ގޯވިންދާ ވަނީ އެންމެ ކުރިންސުރެން ވެސް އާންމުންގެ މަގުބޫލް ކަން ހޯދާފައިއެވެ.
މި ދުވަސްކޮޅު އިންޑިޔާގެ ތަރިން ކޮވިޑް އަށް ޕޮސިޓިވް ވާ މިންވަރު ވަނީ އިންތިހާ އަށް އިތުރުވެފައިއެވެ.
