ހދ. ކުރިނބީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ.
އެމްޓީސީސީ އިން ބުނީ އެއްގަމުތޮށި ލުމުގެ މަސައްކަތް ސައިޓުގައި މިހާރު ދަނީ ކުރިއަށް ކަމަށާއި އައު ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 51 އިންސައްތަ ފުރިހަމަކުރެވިފައެވެ.
މި މަޝްރޫޢުގެ ދަށުން، 7,071 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމާއި، 32,381 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި އައު ބަނދަރު ފުންކުރުމާއި، 2,040 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރާނެއެވެ. އަދި 295 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 340 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެއެވެ.
މީގެ އިތުރުން 70 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، އެކްސަސް ޕްލެޓްފޯރމެއް ޤާއިމުކުރުމާއި، 1,556.61 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމަށް ވެއް ހަމަޖައްސާފައި ވެއެވެ. އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މި މަޝްރޫޢަކީ 42.45 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
