ދުބާއީއަކީ އާންމު ގޮތެއްގައި ތަފާތު ކަންތައް ކޮށް އުޅޭ ބަޔަކު ދިރިއުޅޭމުން އަންނަ ގައުމެކެވެ. މިފަހަރު މީހަކު ކުރިކަމެއްގެ ސަބަބުން މި ވަނީ އަވައްޓެރިންނައް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިވެފައިއެވެ.

އަލަށް ދަރިއެއް ލިބުމުގެ އުފާފާޅު ކުރުމުގެ ގޮތުން ދުބާއިގެ ފިރިހެނަކު ވަނީ ހަވާ އަރުވަން އުޅެފައެވެ. ނަމަވެސް މިކަމުގެ ސަބަބުން ރޯވެގެން ދިޔައީ ކައިރީގައި ދިރިއުޅެމުން ދިޔަ އަވައްޓެރިންގެ މުދާ ތަކުގައެވެ. އަލްޖަޒީރާއިން ޙަބަރު ލިބޭ ގޮތުގައި އޭނާ އެކަން ކުރުމުގެ ސަބަބުން އަވައްޓެރިން ގެ ކާރުތަކެއްގައި ރޯވެ ކައިރީގައި ހުރި ގެތަކަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުންތަކެއް ލިބިފައިވެއެވެ. އިތުރަށް އަލްޖަޒީރާ ގައި ލިޔެފައިވާ ގޮތުގައި ކުޑަ އިރުކޮޅެއް ގެ ތެރޭގައި ފުލުހުންނާއި، އެމްބިއުލާންސް އާއި ސިވިލް ޑިފެންސް ސްޓާފުންވެސް ފޮނުވި ކަމަށާ އަދި ގޮވުންތައް ހުއްޓުމަކަށް ގެނެސް ފައިވާ ކަމަށެވެ.

އަދި އެ ޒުވާނާގެ އިތުރުން، އެކަމުގައި ބައިވެރިވި އޭނާގެ ރަހުމަތްތެރިންވެސް ހައްޔަރުކޮށްފައި ވެއެވެ. އެ މައްސަލާގައި އޭނާގެ ދެ ރަހުމަތްތެރިން ހައްޔަރުކޮށްފައި ވަނީ ބަޑިބޭސްތައް ފޮރުވައިގެންނެވެ.

ފުލުހުން ވަނީ އެފަދަ ތަކެތި ބޭނުން ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި އެއީ ބޮޑު ނުރައްކަލެއް ކަމަށާއި، އެފަދަ ކަމަކުން ބޮޑު ގެއްލުމެއް ވެދާނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި މީގެ އިތުރުން، އާއްމުން މިފަދަ ކަންކަމަށް ސަމާލުވެ، އެފަދަ ކަންކަން ކުރާ މަންޒަރު ފެނިއްޖެ ނަމަ ހުއްޓުވުމަށްޓަކައި، ކަމާއި ގުޅުން ހުރި ފަރާތްތަކަށް ފޮނުވުމަށް ވަނީ އެދިފައެވެ.