މުސްލިމުންގެ އެންމެ ބަރަކާތްތެރި މައްސަރު ކަމަށްވާ ރަމްޟާންމަސް މިވަނީ އަޅުގަނޑުމެނާ ވަރަށް ގާތުގައެވެ. މި މަހުގެ 13 ވަނަ ދުވަހު ފެށޭނެކަމަށް ބެލެވޭ ރަމްޟާން މަހުގައި އެކި ގައުމުތަކުގައި ރޯދައަށް ހުންނަން ޖެހޭ ވަގުތު، އެހެން އަހަރު ތަކެކޭ އެއްގޮތަށް ތަފާތު ވާނެއެވެ. މިއީ ގައުމު އޮންނަ ސަރަހައްދާއި އެ ސަރަހައްދުގައި އިރު ދައުރުކުރާ ގޮތުން އަންނަ ބަދަލަކެކެވެ.
ކެއިން ބުއިމާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ޖިންސީއެދުންތަކުން ދުރުހެލިވެގެން ތިބެ އަޅުގަނޑުމެން މުސްލިމުން ހިފާ ރޯދައިގެ ވަގުތު ބައެއް ގައުމުތަކުގައި 10 ގަޑިއިރަށް ހުރި އިރު ބައެއް ގައުމުތަކުގައި މިވަގުތު 19 ގަޑިއިރަށް ދެމިގެންދެއެވެ. އެއް އަހަރުން އަނެއް އަހަރަށް ރަމަޟާން ފަސް ފެށޭ ތާރީޚު، މިލާދީ ކަލަންޑަރުން ބަލާނަމަ 10 ނުވަތަ 12 ދުވަސް އަވަސް ވާނެއެވެ. އެއީ ހިޖުރީ ކަލަންޑަރުގެ މަސްތަކުގައި އެންމެ ގިނަވެގެން ހުންނާނީ 29 އަދި 30 ދުވަސް ކަމަށް ވުމުންނެވެ. މިއަހަރެކޭ އެއްގޮތަށް އޭޕްރިލް 13 ހިސާބުގައި ދެން ރަމަޟާންމަހެއް އަންނާނެކަމަށް ބެލެވެނީ މީގެ 33 އަހަރު ފަހުން 2054 ގައެވެ.
މި ރަމަޟާންމަގު އެންމެ ގިނަ ވަގުތު އަދި އެންމެ މަދު ވަގުތު ރޯދައަށް ތިބެން ޖެހޭ ގައުމުތަކާއި ވަގުތު:
ނޫކް، ގްރީންލެންޑް: 19-20 ގަޑިއިރު
ރޭޖަވިކް، އައިސްލެންޑް: 19-20 ގަޑިއިރު
ހެލްސިނީ، ފިންލެންޑް: 18-19 ގަޑިއިރު
ސްޓޮކްހޮމް، ސްވިޑަން: 17-18 ގަޑިއިރު
ގްލަސްގޯ، ސްކޮޓްލެންޑް، ޔޫކޭ: 17-18 ގަޑިއިރު
އޮސްލޯ، ނޯރވޭ: 17-18 ގަޑިއިރު
ކޮޕަންހޭގަން، ޑެންމަރކް: 17-18 ގަޑިއިރު
މޮސްކޯ، ރަޝިޔާ: 17-18 ގަޑިއިރު
ބަރލިން، ޖަރމަނީ: 16-17 ގަޑިއިރު
އެމްސްޑެޓަމް، ނެދަރލެންޑް: 16-17 ގަޑިއިރު
ވަރސޯ، ޕޮލެންޑް: 16-17 ގަޑިއިރު
ލަންޑަން، ޔޫކޭ: 16-17 ގަޑިއިރު
ޕެރިސް، ފްރާންސް: 16-17 ގަޑިއިރު
ނޫރު ސުލްޠާން، ކަޒަކިސްތާނު: 16-17 ގަޑިއިރު
ބްރަސަލްސް، ބެލްޖިއަމް: 16-17 ގަޑިއިރު
ޒިއުރިކް، ސްވިޒަރލެންޑް: 16-17 ގަޑިއިރު
ބުރަޗެސްޓް، ރޫމޭނިޔާ: 15-16 ގަޑިއިރު
އޮއްޓާވާ، ކެނެޑާ: 15-16 ގަޑިއިރު
ސޯފިޔާ، ބަލްގޭރިއާ: 15-16 ގަޑިއިރު
ރޯމް، އިތަލީ: 15-16 ގަޑިއިރު
މެޑްރިޑް، ސްޕެއިން: 15-16 ގަޑިއިރު
ލިޒްބަން، ޕޯޗުގަލް: 15-16 ގަޑިއިރު
އެތެންސް، ގްރީސް: 15-16 ގަޑިއިރު
ބެއިޖިން، ޗައިނާ: 15-16 ގަޑިއިރު
ވޮޝިންޓަން، ޑީސީ، ޔޫއެސް: 15-16 ގަޑިއިރު
ޕްޔޮން ޔޭން، ނޯތް ކޮރެއާ: 15-16 ގަޑިއިރު
އަންކާރާ، ތުރްކީ: 15-16 ގަޑިއިރު
ރަބާތު، މޮރޮކޯ: 14-15 ގަޑިއިރު
ޓޯކިޔޯ، ޖަޕާން: 14-15 ގަޑިއިރު
އިސްލާމްއާބާދު، ޕާކިސްތާނު: 14-15 ގަޑިއިރު
ތެހެރާން، އިރާން: 14-15 ގަޑިއިރު
ބަޣްދާދު، އިރާޤް: 14-15 ގަޑިއިރު
ބެއިރޫތު، ލުބުނާން: 14-15 ގަޑިއިރު
ދާމަސްކުސް، ސީރިޔާ: 14-15 ގަޑިއިރު
ޤާހިރާ، މިސްރު: 14-15 ގަޑިއިރު
ޖެރުސަލެމް: 14-15 ގަޑިއިރު
ކުވެއިތު: 14-15 ގަޑިއިރު
ޣާޒާ، ފަލަސްތީނު: 14-15 ގަޑިއިރު
ނިއުދިއްލީ، އިންޑިޔާ: 14-15 ގަޑިއިރު
ހޮންގކޮންގ: 14-15 ގަޑިއިރު
ޑާކާ، ބަނގްލަދޭޝް: 14-15 ގަޑިއިރު
މުސްކެޓް، އޮމާން: 14-15 ގަޑިއިރު
ކާބުލް، އަފްޣާނިސްތާނު: 14-15 ގަޑިއިރު
ރިޔާޟް، ސައުދީ އަރަބިޔާ: 14-15 ގަޑިއިރު
ދޯހާ، ޤަތަރު: 14-15 ގަޑިއިރު
ދުބާއީ، ޔޫ އޭ އީ: 14-15 ގަޑިއިރު
އަދެން، ޔަމަން: 13-14 ގަޑިއިރު
އައްދިސް އަބާބާ، އިތިއޯޕިޔާ: 13-14 ގަޑިއިރު
އަބޫޖަ، ނައިޖީރިޔާ: 13-14 ގަޑިއިރު
ކޮލޮމްބޯ، ސްރީލަންކާ: 13-14 ގަޑިއިރު
ބެންގކޮކް. ތައިލެންޑް: 13-14 ގަޑިއިރު
ޚަރތޫމް، ސޫދާން: 13-14 ގަޑިއިރު
ކުއާލަލަމްޕޫރު، މެލޭޝިޔާ: 13-14 ގަޑިއިރު
ސިންގަޕޯރ: 13-14 ގަޑިއިރު
ނައިރޯބީ، ކެންޔާ: 13-14 ގަޑިއިރު
ލުއަންޑާ، އެންގޯލާ: 12-13 ގަޑިއިރު
ޖަކާޓާ، އިންޑޮނޭޝިޔާ: 12-13 ގަޑިއިރު
ބްރަސީލިޔާ، ބްރެޒިލް: 12-13 ގަޑިއިރު
ހަރާރޭ، ޒިމްބާބުވޭ: 12-13 ގަޑިއިރު
ޖޮހަނަސްބަރގް، ސައުތު އެފްރިކާ: 11-12 ގަޑިއިރު
ބުއޭނޮސް އައިރިސް، އަރޖެންޓީނާ: 11-12 ގަޑިއިރު
ސުޒާޒްދެވެސްތޭ، ޕެރެގުއޫ: 11-12 ގަޑިއިރު
ކޭޕްޓައުން، ސައުތު އެފްރިކާ: 11-12 ގަޑިއިރު
މޮންޓެވީޑިއޯ، އުރުގުއޭ: 11-12 ގަޑިއިރު
ކެންބެރާ، އޮސްޓްރޭލިޔާ: 11-12 ގަޑިއިރު
ޕުއެރްތޯ މޮންޓް، ޗިލީ: 11-12 ގަޑިއިރު
ކްރިސްޗަރޗް، ނިއުޒީލެންޑް: 11-12 ގަޑިއިރު
ދިވެހިރާއްޖޭގައި ރޯދައަށް ހުންނަން ޖެހެނީ 13-14 ގަޑިއިރުގެ ވަގުތަށެވެ.
