ބޭނުންވާނެ ތަކެތި:
• 1 ފިޔާ (ކޮށާފައި)
• 1 ލޮނުމެދު (ހިމުންކޮށްފައި)
• 1/2 އިންޗި އިނގުރު (ހިމުންކޮށްފައި)
• 2 ތޮޅި މިރުސް
• 1/2 ޖޯޑު މުރަނގަފަތް ނުވަތަ ބޯވެލިފަތް
• 1 ޖޯޑު ކުކުޅު މަސް (ކައްކާފައި، ފުނޑުކޮށްފައި)
• 2 އަލުވި (ފެނު ކައްކާފައި، ފުނޑު ކޮށްފައި)
• 1 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް (ކޮށާފައި)
• 1 ބިސް
• 1/2 މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް
• އޮލިވް އޮއިލް
• ލޮނު
ތައްޔާރުކުރާނެގޮތް:
ތަށްޓެއްގައި ފިޔާ، ލޮނުމެދު، އިނގުރު، ތޮޅިމިރުސް، ކޮތަނބިރިފަތް، އަސޭމިރުސް އަދި ލޮނު ލައިގެން މޮޑެލާށެވެ. އެއަށްފަހު، ކުކުޅު އަދި އަލުވި އަޅައިގެން އެއްކޮށްލާށެވެ. ދެން، ފަތް އަދި ބިސް ވެސް އެއްކޮށްލާށެވެ.
އެއަށްފަހު، 180 ޑިގްރީ އަށް އަވަން ހޫނުކޮށްލާށެވެ. ކަޕްކޭކް ހަދާ ބޭކިންގ ޓްރޭގައި ތެޔޮ އުނގުޅުމަށްފަހު ތައްޔާރުކުރި މަސްގަނޑު އެއަށް އެޅުމަށްފަހު އަވަނުގައި 10 މިނެޓް ވަންދެން ފިހެލާށެވެ.
*މި ކޭކަކީ ކުދިންގެ އިންޓަވަލަށް ނޫނީ ހެނދުނުގެ ނާސްތާ އަށް ހިމަނާލަން ރަގަޅު ފައިދާ ހުރި ކެއުމެކެވެ. އެ ކުއްޖަކަށް މީރު ތަރުކާރީއެއް އަދި ޗީޒް ވެސް އެއަށް އިތުރުކޮށްލެވިދާނެއެވެ.
