ބޭނުންވާނެ ތަކެތި:

 • 1 ޕެކެޓް ސްޕެގެޓީ (ލޮނުލައިގެން ފެނުގައި ކައްކާފައި)

 • 1 ޖޯޑު މުރަނގަފަތް 

 • 1 ޖޯޑު ބޯވެލިފަތް

 • 1 ޖޯޑު ބެސިލްފަތް

 • 1 ޖޯޑު ކެޖޫނަޓް (ހަނާކޮށްފައި)

 • 1 ފިޔާ (ކޮށާފައި)

 • 5 ލޮނުމެދު (ކޮށާފައި)

 • 1 ޖޯޑު ޕާމެސަން ޗީޒް (ގާނާފައި)

 • 1 ޖޯޑު އޮލިވް އޮއިލް

 • 1 ސައިސަމުސާ މުގުރި އަސޭމިރުސް 

 

ތައްޔާރުކުރާނެ ގޮތް:

މުރަނގަ ޕެސްޓޯ ސޯސް ތައްޔާރުކޮށްލުމަށް ފުރަތަމަ މިކްސަރުގައި ބޭސިލް، ލޮނުމެދު، އަސޭމިރުސް، ކެޖޫ ނަޓްސް، އޮލިވް އޮއިލް، މުރަނގަފަތް އަދި ބޯވެލިފަތް އަޅައިގެން ހިމުންކޮށްލާނީ އެވެ. އެއަށްފަހު، އެއަށް ޕާމެސަން ޗީޒް ކޮޅު އެއްކޮށްލާށެވެ. ދެން، އެއަށްފަހު ހޫނު ތަވަ އަކަށް އޮލިވް އޮއިލް އެޅުމަށްފަހު ފިޔަ އާއި 2 ލޮނުމެދު ރަނގަޅަށް މީރު ކޮށްލާށެވެ. ދެން ފެނު ކައްކާފައި ހުރި ސްޕެގެޓީ އާއި މުރަނގަ ޕެސްޓޯ ސޯސް އެޅުމަށްފަހު އެއްކޮށްލާށެވެ. 

 

*މުރަނގަފަތަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ފަތެކެވެ. ތާޒާކޮށް ހުންނަ މިފަތުގައި މި ގޮތަށް ސްޕެގެޓީ ތައްޔާރުކޮށްލުމުން ސިއްހަތަށް ވަރަށް ފައިދާ ކުރާނެއެވެ.