މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހު ބޭނުން ކުރެވޭގޮތް ނުވުމަކީ މޮބައިލްގެ ޚިދުމަތް ހޯދާ ފަރާތްތަކުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާ އެކެވެ.

މި ޝަކުވާއަށް އުރީދޫ މޯލްޑިވްސް އިން މިވަނީ ނިމުން ގެނެަސްފަ އެވެ.

އެގޮތުން މަސް ނިމޭއިރު ފޯނުގައި ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހުވެސް ބޭނުން ކުރެވޭ ގޮތްއެ ކުންފުނިން މިވަނީ ހަދާފަ އެވެ.

އުރީދޫގެ އެކްޓިންގ ޗީފް ކޮމަރޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، މި ބަދަލު ގެނެސްފައި މިވަނީ ވަރަށް ގިނަ ދިރާސާ ކުރުމަށް ފަހު ކަމަށެވެ. އަދި މި މަހުން ފެށިގެން، އުރީދޫ ޕޯސްޓްޕެއިޑްގެ 600ރ. އިން މަތީގެ ޕެކޭޖުތަކުގައި ބާކީ ހުންނަ ޑޭޓާ އަނެއް މަހުވެސް ބޭނުން ކުރެވޭނެ ކަމަށެވެ. 

މި ބަދަލު މި ގެނައީ ހަމައެކަނި 600ރ އިން މަތީގެ ޕެކޭޖުތަކަށް ހެއްޔެވެ؟

މި ސުވާލަށް ނިޔާޒު ވިދާޅުވީ ޕޯސްޓްޕެއިޑްގެ 600ރ. އިން ދަށުގެ ޕެކޭޖުތައް ވެސް އަދި ސުޕަރނެޓް ޕެކޭޖުތަކަށް ވެސް މި ޚިދުމަތް ނުދޭނެ ކަމަށެވެ. ސަބަބަކީ މަސް ނިމޭ އިރު، އެ ޕެކޭޖުތަކުގަޢީ ޑާޓާ ނުހުންނާތީ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލި ބެލުމުން 600 އަށް ވުރެ ކުޑަ ޕެކޭޖުތަކުގައި ނުހުރޭ ބާކީ ޑޭޓާއެއް. އެހެންވެ އަޅުގަނޑުމެން ބޮޑަށް ފޯކަސް ކުރީ ބޮޑެތި ޕްލޭންތަކަށް މި ހިދުމަތް ދޭން. މިއާއެކު 600 އިން މަތީގެ ޕެކޭޖުތައް ނަގާފައި ތިބި ކަސްޓަމަރުންގެ ބާކީ ހުންނަ ޑޭޓާ މެއި މަހު ވެސް ބޭނުން ކުރެވޭނެ،" ނިޔާޒު ވިދާޅުވި އެވެ.

އެހެންކަމުން އުރީދޫގެ ކަސްޓަމަރުން މި ފެށުނު ބަރަކާތްތެރި ރަމަޟާން މަހާއި މިކުރިމަތިލީ، އުފާވެރި ޚަބަރަކާ އެކުގައެވެ. އެތައް ދުވަހެއްގެ އިންތިޒާރެއްގެ ނިމުމަކާ އެކީގަ އެވެ.