ބޭނުންވާނެ ތަކެތި:

1 ބޮޑު ރަތްމަސް  (ރިހަޔަށް ކޮށާފައި)

ބައި ސައިސަމުސާ ދިރި

10 ހިކިމިރުސް

4 ލޮނުމެދު

1 ސައިސަމުސާ ފުށް އަސޭމިރުސް

2 ފިޔާ (ބޮޑު)

2 ޖޯޑު ކާށިކިރު

2 ގިތެޔޮމިރުސް

1 ޓޮމާޓޯ (ބޮޑު)

1/2 ބައިސަމުސާ އޯބަތް

ބައި އިންޗި އިނގުރު

ހިކަނދިފަތް

ރާނބާފަތް

ލޮނު

ތެޔޮ

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ދިރިއާއި، ހިކިމިރުހާއި، 2 ލޮނުމެދާއި، އަސޭމިރުހާއި، 1 ފިޔަ އާއި، އިގުރު އަދި 1 ގިތެޔޮމިރުސް މިކްސަރުގައި ފުނޑާލާށެވެ. އެއަށް ފަހު ބޮޑު ތެއްޔެއްގައި ބާކީއޮތް ފިޔާ، ލޮނުމެދު، ގިތެޔޮމިރުސް، ހިކަނދިފަތް އަދި ރާނބާފަތް އަޅައިގެން ފިޔާތައް މީރު ކޮށްލާށެވެ. ދެން ޓޮމާޓޯ ކުދި ކޮށް ކޮށާލާފައި އޯބަތް ކޮޅާއެކުގައި މީރުކުރި ފިޔައާއި އެއްކޮށްލާށެވެ. ދެން ފުނޑާފައި ހުރި ލޮނުމިރުހާއި 1 ޖޯޑު ފެން އަޅައިގެން ބޮކި ޖަހާފައި ކެކެންދެން ކައްކާލާފައި ފަރުމަހާއި ފެނާއި ބޯކިރު އަޅައިގެން މަސްތައް ރޯފިލަންދެން ކައްކާލާށެވެ. ކެކުނީމާ ކުޑަ ބޯކިރު ކޮޅެއް އެޅުމަށްފަހު ކުޅި ރިހައިގެ ލޮނު ހެޔޮވަރު ކޮށްލާށެވެ.

 

*ރޮށްޓާއި އަދި ބަތާއި އެއްކޮށްވެސް މި ކުޅި ރިހަ ވަރަށް މީރުވާނެއެވެ.