ރަމަޟާން މަހަށް ދިރާގުން ޚާއްސަ އޮފަރތަކެއް ތައާރަފުކޮށްފި އެވެ.

އެ ކުންފުނިން ބުނީ މިއީ މި ރަމަޟާން މަހު އާއިލާ އާ ރައްޓެހިންނާއި ގުޅައިދީ އަދި މި މާތް މަހު ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ލުއި ފަސޭހަތައް ގެނައުމުގެ ގޮތުން ތަޢާރަފް ކުރި ޚާއްސަ އޮފަރ ތަކެއް ކަމަށެވެ.  

އެގޮތުން ރަމަޟާން މަހު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް އެންމެ 45 ރުފިޔާއަށް ރޯދަ 10 ޖީބީގ އެފް.ބީ.ބީ ޑޭޓާ ބޫސްޓަރ އެކްޓިވޭޓް ކުރެއްވޭ އިރު، މި ބޫސްޓަރ އެކްޓިވޭޓް ކުރައްވާ މަސް ނިމެންދެން ބޭނުން ކުރެވޭނެއެވެ. އަދި ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް ރޯދަ 3.5 ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް ރޯދަ 7 ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެވޭނެއެވެ.

މި ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭ އިރު، ކަސްޓަމަރުން މި ބަންޑަލްތައް އެކްޓިވޭޓް ކުރެއްވުމަށް ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް އެސް.އެމް.އެސް ކުރައްވައިގެން ވާނެއެވެ.

ރަމަޟާން މަހަކީ ދީލަތިކަމާއި، އެކަކު އަނެކަކަށް އެހީވެ، އެކަކު އަނެކެއްގެ އިހުސާސްތަށް ދެނެގަންނަ މަހެކެވެ. އެގޮތުން މި މާތް މައްސަރުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މި ފަހަރު ރަމަޟާން މަހު ކަސްޓަމަރުން ދިރާގުގެ ރޯދަ ޑޭޓާ ބޫސްޓަރސް އަދި ބަންޑަލްތައް ބައްލަވައިގަތުމަށް ކުރައްވާ ހަރަދުގެ %10 މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

ވޭތުވެދިޔަ އަހަރުތަކާ އެއްފަދައިން މިއަހަރުވެސް ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކެވޭނެއެވެ. ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދިރާގު ޕޭ އެޕް ނުވަތަ ދިރާގު ވެބްސައިޓްގެ މި ލިންކަށް(https://bit.ly/3a1yQDI) ވަދެވަޑައިގެން ދެއްކެވޭނެއެވެ. ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން #5*454* އަށް ގުޅުއްވައިގެން ފިތުރު ޒަކާތް ދެއްކެވޭނެވެ.

ދިރާގުން މަސައްކަތް ކުރުމުން ދަނީ މި މާތް މަހު ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ. ދިރާގުން އުންމީދު ކުރަނީ މި ބަރަކާތްތެރި ރަމަޟާން މަހަކީ އަމާން އަދި ބާއްޖަވެރި މައްސަރެއް ކަމުގައި އަޅުގަނޑުމެން އެންމެންނަށްވެސް ވެގެން ދިޔުމަށެވެ.