ބޭނުންވާނެ ތަކެތި:
◦ 6 މޭޒުމަތީ ސަމުސާ ބްރައުން ސުގާރ
◦ 6 ބަޓަރު ކިއުބް
◦ 1 ޖޯޑު ތާޒާ ބްލޫބެރީ
◦ 1 ޖޯޑު ފުށް
◦ 1/2 ޖޯޑު ބްރައުން ސުގާރ
◦ 1 މޭޒުމަތީ ސަމުސާ ބޭކިންޕައުޑަރ
◦ 1/4 މޭޒުމަތީ ސަމުސާ ލޮނު
◦ 2/3 ޖޯޑު ދިޔާ ކިރު
◦ 1/4 ޖޯޑު ބަޓަރު
◦ 1 ބިސް
◦ 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ 6 ބައިގެ މަފިން ޓްރޭއަށް ސްޕުރޭ ކުރުމަށް ފަހު ކޮންމެ ބަޔަކަށް ބަޓަރު ކިއުބަކާއި 1 ސަމުސާ ބްރައުން ޝުގާރ އަޅާށެވެ. އެއަށްފަހު ބްލޫބެރީތައް ޓްރޭގެ 6 ބަޔަށް އެއްވަރަށް އަޅާށެވެ.
ދެން ތަށްޓެއްގެ ތެރެއަށް ހަކުރާއި ބަޓަރު އެޅުމަށްފަހު ރަނގަޅަށް އެއްކުރާށެވެ. އެއަށްފަހު ފަހަރަކު ބިސް އަދި ކިރު އޭގެތެރެއަށް އަޅައިގެން އެއްކުރަމުން ގެންދާށެވެ. އަދި ވެނީލާ އެސެންސްވެސް އެއްކޮށްލުމަށްފަހު ފުށާއި ބޭކިން ޕައުޑާ އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. ދެން އެއަށްފަހު ތައްޔާރުކޮށްފައި ހުރި މަފިން ޓްރޭ އަށް ގިރި ފުށްގަނޑު އަޅާށެވެ. އަވަނުގައި 180 ޑިގްރީގައި 20 މިނެޓަށް ފިހެލުމުން ތައްޔާރުކުރެވުނީ އެވެ.
*ވެނީލާ އައިސްކްރީމް އާއެކުގައި ކެއުމުން މި ކޭކް ވަރަށް މީރު ވާނެއެވެ.
