އުރީދޫ ނޭޝަން ގެ ފުރަތަމަ އިންޓަރ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ރާއްޖޭގެ އީ-ސްޕޯޓްސް ކޮމިއުނިޓީގެ ތެރޭގައި މަގުބޫލު ތިން ގޭމު ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް އަދި އީއޭއެފްސީ ހިމަނައިގެން މި ހަރަކާތުގައި ގިނަ އޮފީސް ތަކުން ވަނީ ބައިވެރިވެފައެވެ.
މިމަހުގެ 13 އިން 18 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 33 އޮފީހަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތަކީ ޓީމް ސްޕިރިޓާއި ރަހުމަތްތެރި ކަމާއި ވާދަވެރިކަން އިތުރުކޮށް، އީ-ސްޕޯޓްސް ކޮމިއުނިޓީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ހާއްސަ ޕްލެޓްފޯމެއްގެ ގޮތުގައި މަސައްކަތް ކުރި މުބާރާތެކެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ފައިސާގެ އިނާމުތައް ހަވާލުކުރެވުނީ 17 އޮގަސްޓްގައި އުރީދޫ ހެޑްކުއާޓާސްގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
