އެޕަލް އަކީ އަބަދުވެސް ތަފާތު ގޮތަކަށް އެ މީހުންގެ އާ އުފެއްދުންތައް އާންމުންނާއި ހަމަ އަށް ގެނެސްދޭ ބަޔެކެވެ. އެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވާ އިވެންޓެއްގައި އެމީހުން ނެރެން ނިންމާފައިވާ އުފެއްދުންތައް ދައްކާލުމަކީ އެޕަލްއިން ކުރަމުން އަންނަ ކަމެކެވެ.
އެގޮތުން މިފަހަރު މިއިވެންޓް ބާއްވަން ނިންމާފައިވަނީ އޭޕްރިލް 20 ވަނަ ދުވަހުއެވެ. މިކަން އެންމެ ފުރަތަމަ ބާއްވާފައިވަނީ ސިއްރެއްގެ ގޮތުގައި އެވެ. އެހެން ނަމަވެސް އެޕަލް ގެ ވޮއިސް އެސިސްޓަންޓް ވަނީ މިކަން ދާދި ފަހުން ފަޅާ އަރުވާލާފައިއެވެ. މިކަމުގެ ސަބަބުން އެޕަލް އިން ވަނީ އިވެންޓް ބާއްވާނީ އެދުވަހުކަން އާންމުންނައް ކަށަވަރު ކޮށްދީފައިއެވެ.
"ސްޕްރިންގް ލޯޑެޑް" ގެ ނަމުގައި ކުރިޔަށް ގެންދާ މިއިވެންޓް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ އިވެންޓާއި އެއްގޮތައް ވާޗުއަލްކޮށް ކަމަށް އެޕަލްއިން މައުލޫމާތު ދެއެވެ. މިފަހަރުގެ އިވެންޓްގައި އާ އައިޕެޑާއި އައިމެކާއި އެއާޓެގްސާއި އެއާ ޕޮޑްގެ އިތުރުން ސަޕްރައިޒްއެއް ވެސް ލޯންޗްކުރާނެ އެވެ.
