ކައިލާން ފޮތި ފިހާރަ މުޅިން އާކޮށްލައިފިއެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން ރާއްޖޭން ބޭރުން ތަކެތި ގެނައުމުގައި ދަތިތަކެއް ކުރިމަތި ވީނަމަވެސް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން މިފަހަރު ކައިލާންގެ ފޮތިފިހާރަ މިވަނީ މުޅިން އާކޮށްލާފައެވެ. އެގޮތުން ގަމީސް، ޓޮޕް، އަދި ފަޓުލޫން ފޮއްޗާއެކު މިފަހަރު ގެނައި އާ ޝިޕްމަންޓްގައި ވަރަށް ރީތި ޑިޒައިންތަކުގެ ފޮތި ހިމެނެއެވެ.

ގިނަ ޢަދަދަކަށް ފޮތި ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން ފޮތި ގަންނާކަށް ކޮންމެހެން މާލެ ނުވަތަ ފިހާރައަށް ވަޑައިގަންނަވާކަށް ނުޖެހޭނެއެވެ. ކައިލާން ހޯލްސޭލް ނަންބަރަށް ގުޅާލުމުން ހުރި ޑިޒައިންތަކުގެ ފޮޓޯއެއް ފޮނުވާލެވޭނެއެވެ. އަދި އެބޭފުޅަކު ބައްލަވައިގަންނަވާ އެއްޗެއް އެދިލައްވާ ތާކަށް ނުވަތަ ބޯޓަށް ޑެލިވަރީ ކޮށްދެވޭނެއެވެ. ކައިލާންގެ ފޮތީގެ ޝިޕްމަންޓް އާކޮށްލާ ކޮންމެ ފަހަރަކީ ކައިލާންއިން ފޮތި ބައްލަވައިގަންނަވާ ފަރާތްތަކުން ވަރަށްބޮޑަށް އިންތިޒާރު ކުރައްވާ ވަގުތެކެވެ. ކައިލާން ފޮތްޗަށް ޚާއްޞަ ކުރެވިފައިވާ ކައިލާން ފިހާރަ ހުންނާނީ ބޮޑުރަސްގެފާނު މަގު ގަލޮޅު ސަހަރާ ކުރިމަތީގައެވެ.

މީގެ އިތުރުންވެސް ކައިލާން ގްރޫޕްގެ ފަރާތުން ކައިލާންގެ ހޯލްސޭލް ކަސްޓަމަރުންނަށް ޚާއްޞަ ޕްރޮމޯޝަނެއް މިދުވަސްކޮޅު ދަނީ ކުރިއަށެވެ. ޓްރެންޑްސް ރަމަޟާން ޕްރޮމޯޝަންގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި ކައިލާން ޓްރެންޑްސްއިން ވިއްކާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭ، ބޮޑީ މިސްޓް އަދި ސަވަރޖެލް ހޯލްސޭލް ކަސްޓަމަރުންނަށް ޚާއްޞަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ. އެގޮތުން ދިހަ ހާސް ރުފިޔާއިން މަތީ ވިޔަފާރި ކުރާ ފަރާތްތަކަށް %35 އާއި ހަމައަށް ޑިސްކައުންޓް ލިބިލައްވާނެއެވެ. އަދި ދިހަ ހާސް ރުފިޔާއިން ދަށުން ވިޔަފާރި ކުރާ ފަރާތްތަކަށް %30 އާއި ހަމައަށް ޑިސްކައުންޓް ލިބިލައްވާނެއެވެ.

ކައިލާން ޓްރެންޑްސްއިން ވިއްކާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭއާއި ބޮޑީ މިސްޓް އަދި ސަވަރޖެލް އަކީ މިވަގުތު ރާއްޖޭގެ މާރކެޓްގައި އެންމެ ހިނގާ ބޮޑީ ސްޕްރޭ، ބޮޑީ މިސްޓް އަދި ސަވަރޖެލްއެވެ. ދުނިޔޭގެ ބާޒާރުގައި ނަންހިނގާ އެންމެ މަޝްހޫރު ވަސްތައް ކަމުގައިވާ ގުޑް ގާރލް، އޮލިމްޕިއާ، ވިކްޓޯރިއާ ސީކްރެޓް، މިޑްނައިޓް ރޯސް، އިންވިކްޓަސް، ސަވޭޖް، ޓޫވަންޓޫ، ބުލޫ ޑެ ޗެނަލް، ފެރަންހައިޓް ފަދަ މަޝްހޫރު ވަސްތަކާއެކު ބާޒާރަށް ނެރެފައިވާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭ، ބޮޑީ މިސްޓް އަދި ސަވަރޖެލްއަކީ ވަރަށް ގިނަ ވަގުތު ވަސް ހުންނަ އަދި ހޯލްސޭލް ކަސްޓަމަރުންނަށް މިވަގުތު ރާއްޖޭގެ މާރކެޓުން އެންމެ ފައިދާ ބޮޑުކޮށް ވިއްކޭނެ މި ރޭންޖްގެ ޕްރޮޑަކްޓެވެ.

ކައިލާން ހޯލްސޭލް ސެންޓަރ ހުންނާނީ ގަލޮޅު ބޮޑުރަސްގެފާނު މަގު ސްޓެލްކޯ ކުރިމަތިން އޮންނަ މަގު ކޮޅުގައެވެ. ކައިލާން ހޯލްސޭލް ސެންޓަރގެ ފޯން ނަންބަރަކީ 7986474 އެވެ.