ޖަބެލްހިރަކީ އަލްޖީރިއާގައި ގިނަ ފޮތްތަކެއް ލިޔަމުން އަންނަ ލިޔުންތެރިއެކެވެ. އޭނާ ވަނީ ދީނީ ރޮނގުންވެސް ގިނަ ފޮތްތަކެއް ނެރެފައެވެ. ނަމަވެސް އޭނާ ގެ ފޮތެއްގައި ލިޔެފައިވާ ލިޔުމެއްގެ ސަބަބުން އޭނާ ވަނީ 3 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮއްފައެވެ. އެ ލިޔުންތަކުގައި އިސްލާމްދީނަށް ނިސްބަތްކޮށް ދޮގު ވާހަކަތަކެއް ވަނީ ލިޔެފައެވެ.
އޭނާގެ މި ލިޔުމުގައި އިސްލާމްދީނުގެ ބައެއް އަސްލުތައް އޮޅުވާލައިފައިވާކަމަށް ޝަރީއަތުން ވަނީ ހުކުމްކޮށްފައެވެ. އެގޮތުން އުލްހިޔާ ކަތިލުމަކީ ޖާހިލިއްޔަ ޒަމާނުގެ އާދައެއްކަމާއި އެއީ އަސްލު މުސްލިމުންގެ އަމަލެއް ނޫންކަމަށް އޭނާ ލިޔެފައިވެއެވެ. އަދި ހަމައެއާއެކު ނޫހުގެފާނުގެ ނައުކޮޅަކީ ހަގީގަތެއް ނޫންކަމާއި އެފަދަކަމެއް އިސްލާމީ ތާރީހުގައި ހިނގައިފައިނުވާކަމަށްވެސް އޭނާ ލިޔެފައިވެއެވެ.
އަލްޖީރިއާއަކީ އިސްލާމީ ދައުލަތެއް އޮންނަ ގައުމެކެވެ. އެހެންކަމުން އިސްލާމްދީނަށް ކުޑައިމީސްބަސް ރައްދުވާ ފޮތެއް ލިއުމަކީ އެގައުމުގައި ހަރުކަށި އަދަބު އަންނާނޭ ކަމެކެވެ.
