ބޭނުންވާނެ ތަކެތި:

• 3 ޖޯޑު އާޓާ ފުށް
• 2  ޖޯޑު ބޯވެލިފަތް
• 1 ލޮނުމެދު
• 1/2 އިންޗި އިނގުރު
• 1/2 ސައިސަމުސާ ދިރި
• 3 ސައިސަމުސާ އޮލިވް އޮައިލް
• ހޫނުފެން
• ލޮނު
 


ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ މިކްސަރުގައި ބޯވެލިފަތް، ލޮނުމެދު، އިނގުރު، ދިރި އަދި ލޮނު އަލައިގެން ހިމުން ކޮށްލާށެވެ. އެއަށްފަހު ފުށް މޮޑެވޭ ވަރުގެ ތައްޓަކަށް ފުށާއި ތައްޔާރުކޮށްލި ބޯވެލިފަތުގެ ޕޭސްޓު، ހޫނުފެން އަދި ތެޔޮ އަޅައިގެން އެއްކޮށްލާށެވެ. ފުށްގަނޑު ރަނގަޅަށް ރޮށި ދެމޭ ވަރަށް އެއްކޮށްލުމަށްފަހު ބޭނުންވާ ވަރަށް ފުށްގުޅަ ހަދާލާށެވެ. ދެން ރޮށި ދަމާ ފިހާނީ އެވެ.

 

* އާޓާފުށުގައި ރޮށި ތައްޔާރުކުރުމުން އެއީ ސިއްހީ ގޮތުން ރަގަނޅު ބަދަލެއްގެ ގޮތުގައި ޑައިޓްރީޝަނުން ބުނެއެވެ. އަދި ބޭނުންވާ ވައްތަރެއްގެ ތަރުކާރީ އެއްކޮށްލުމަކީ އެހާމެ ފައިދާ ހުރި ގޮތެކެވެ.