ކޮވިޑްް-19 ގެ ހާލަތު އެންމެ ގޯސް ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި މިހާރު އިންޑިޔާ ހިމެނެއެވެ. އިންޑިޔާގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތަކަށް ވަނީ ނުކުޅަދާނަވެފައެވެ. ފަރުވާއަށްއެދި އެތަކެއް ބަޔަކު ހޮސްޕިޓާތައް ދޮށަށް ވަނީ ޖަމާވެފައެވެ.

މިގައުމުގެ ފިރިއަކު ވަނީ އޭނާގެ އަންހެނުނަށް ފަރުވާއަށް އެދި ސަލާންޖަހާފައެވެ. ސޯޝަލްމީޑިޔާގައި އާންމު ވީޑިއޯ އަކުން ފެންނަނީ ގިސްލެވޭހާލު ފިރިހެނެއްގެ އާދެހެއްގެ އަޑެވެ. ކަރުނައިން އޭނާގެ ލޯ ތެމިފޯވެފައިވާހާލު އޭނާގެ އަންހެނުނަށް ފަރުވާކޮށްދިނުމަށް އާދޭސް ދަންނަވައެވެ. ބަލީގެ ހާލުބޮޑުވެ، ތިން ހޮސްޕިޓަލަކަށް ދިޔަކަމަށާއި އެއްވެސް ހޮސްޕިޓަލަކުން ފުރުސަތު ނުދިން ކަމަށް އެ ވީޑިއޯގައި އޭނާ ބުނެއެވެ

އެ ހޮސްޕިޓަލުތަކުގެ ހުރިހާ އެނދުތަކެއްވަނީ ފުރިފާ ކަމަށާއި އަދިވެސް އެ އެނދުތަކުގެ އިންތިޒާރުގައި އެތަކެއް ބަޔަކު ތިބިކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރެއެވެ. ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން އިންޑިޔާގެ ގިނަ ބަޔަކު ތިބީ މާޔޫސް ކަމެއްގެ ތެރޭގައި ގޮތްހުސްވެފައެވެ.

 

 

..