އިންޑިއާގެ ރިޕޯޓްތައް ބުނާ ގޮތުގައި ރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ވިޖޭ ވައްލާބް ހޮސްޕިޓަލްގައެވެ. އަލިފާން ރޯވި އައިސީޔޫ ހުންނަނީ އެ ހޮސްޕިޓަލުގެ ދެވަނަ ބުރީގައެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު ހޮސްޕިޓަލްގައި 90 މީހަކު އެޑްމިޓް ކޮށްފައި ތިބިކަމަށް އެ ހޮސްޕިޓަލުން ބުންނެއެވެ.
މިހާދިސާގައި މަރުވި މީހުންގެ އާއިލާތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާއިރު ގިނަ ބަޔަކު ވަނީ ހޮސްޓަލްދޮށަށް އެއްވެފައެވެ. އަލިފާނުގެ ހާދިސާގައި ގެއްލުންލިބުނު މީހުންގެ ޖުމުލަ އަދަދެއް އަދި ހާމައެއް ނުކުރެއެވެ.
މަހާރާޝްތުރަގެ ޗީފް މިނިސްޓަރު ވަނީ ހޮސްޕިޓަލްގައި އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ. އަދި އެކަމުގައި ބައެއްގެ އިހުމާލު ވާނަމަ އެބަޔަކަށް ހަރުކަށި ދޭނެކަމަށްވެސް ބުނެފައެވެ.
