ކޮވިޑް-19 ޖެހިގެން, ލަންޑަނުގައި  ކަރަންޓީނު ކުރި މި އަންހެންމީހާ ކަރަންޓީނުގައި ހުރެ ތަފާތު ހުނަރެއް ދައްކާލައިފިއެވެ. އޭނާ ވަނީ ކަރަންޓީނުގައި ހުރި ދުވަސްތަކުގައި ދޮންކެޔޮ ވައްތަކެއްގައި ކުރަހައިގެން މަޝްހޫރުކަން ހޯދާފައެވެ.

ކުރެހުމަށް ޝައުގުވެރިކަން ހުންނަ އަނާ ވަނީ އޭނާގެ މި ތަފާތު ކުރެހުންތައް އޭނާގެ އިންސްޓަގްރާމްގައިވެސް ދައްކާލާފައެވެ. އޭނާ ބުނާ ގޮތުން އޭނާއަށް އެ ހިޔާލު އައީ ކޮޓަރީގައި ގެންގުޅުނު ދޮންކެޔޮވައްތަކަކަށް ކަޅު ކުލަ އަރަން ފެށުނުން އެކަމާމެދު ވިސްނަނިކޮށެވެ.

އެގޮތުން ދޮންކެޔޮ ވަކުގެ ތޮށިގަނޑުގައި ތޫނު އެއްޗަކުން ރޮނގެއް ދަމާލުމުން، އިރުކޮޅެއްގެ ތެރޭ އެ ރޮނގު ކަޅުވެއެވެ. މިގޮތުގެ މަތިން އަނާގެ ފޫހިކަން ފިލުވުމަށް ދޮންކެޔޮ ވައްތަކުގައި ކުރުހަން ފެށިއެވެ.

އަނާ ވަނީ މިގޮތަށް ގިނަ ކުރެހުންތަކެއް ކުރުހާ އަދި އެ ކުރެހުންތަކުގެ ޒަރިއްޔާއިން އެތަކެއް މެސެޖުތަކެއް މުޖުތަމައަށް ދީފައެވެ.