އިންޑިއާގެ ކުޑަކުދިންނަށް ޚާއްސަކޮށްގެން ސޮނީ އެންޓަޓެއިންމެންޓުން ގެނެސްދޭ ޑާންސް ރިއަލިޓީ ޝޯވ "ސުޕަ ޑާންސާ ޗެޕްޓަރ 4"ގެ ގްރޭންޑް ޕްރިމިއާގެ 3 ވަނަ އެޕިސޯޑް މިރޭ ދައްކާނެއެވެ. އެތައް ހާސް ކުދިންނެއްގެ ތެރެއިން ގަދަ 13 ކުދިން ހޮވާލައިގެން، ގްރޭންޑް ޕްރިމިއާގެ ޝޯވތައް ދައްކާއިރު ވޭތުވެދިޔަ ހަފުތާ ބަންދުގައި ގެނެސްދިނީ ގަދަ 13 ބައިވެރިންގެ ތެރެއިން 6 ކުދިންގެ ނެށުމެވެ. ބާކީ 7 ނެށުން މި ހަފުތާ ބަންދުގައި ގެނެސްދޭނެއެވެ.
"ސުޕަ ޑާންސާ"ގެ 3 ސީޒަން ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު 4 ވަނަ ސީޒަންގެ ޖަޖުކަންވެސް ކުރާނީ ކުރީގެ 3 ސީޒަންވެސް ޖަޖުކުރި ގީތާ ކަޕޫރާއި ޝިލްޕާ ޝެޓީ އަދި އަނޫރާގް ބާސޫއެވެ. ހޯސްޓް ކުރާނީވެސް ކުރީގެ 3 ސީޒަން ހޯސްޓްކުރި ރިތުވިކް ދަންޖާނީއާއީ ޕަރީތޯޝް ތުރިޕަތީއެވެ.
"ސުޕަ ޑާންސާ 4"ގެ އޮޑިޝަނުން ހޮވާލެވުނު ގަދަ 13 ކުދިންގެ ތެރޭގައި ހިމެނެނީ ފްލޮރީނާ ގޯގޯއީ، ސުޕްރިހާ ރިޝީ ކަޝިޔަޕް، ޕްރަތިތީ ދަސް، އަމިތު ކުމާރް، ސޫމިތު ބަރްމަން، އަރްޝިޔާ ޝަރްމާ، ޕްރިތުވިރާޖް ކޮންގަރީ، ނީރްޖާ ތިވާރީ، އީޝާ މިޝްރާ، ޕަރީ ތަމަންގް، ސަންޗިތު ޗަނަނާ، އަނީޝް ޓައްޓިކޮއްޓާ އަދި އަންޝިކާ ރާޖްޕުތެވެ. ތުޝާރް ޝެޓީ، ސަނަމް ޖޯހަރް، އަމަރްދީޕް ސިންގ ނަތު، ވެއިބަވް، އަނޫރާދާ އަދި އާރްޔަން ޕަޓްރާ ފިޔަވައި ދެން ތިބީ މި ޝޯވއާއި އަލަށް ގުޅުނު ކޮރެއޯގްރާފަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާސް ބެސްޓް ޑާންސާގެ ފައިނަލްގައި ވާދަކުރި ޝްވޭތާ ވޮރިއަރއާއި ޝުބްރަނީލް ޕޯލްގެ އިތުރުން ބާވްނާ ކަންޑޫޖާ، އާޝީޝް ޕާޓިލް، ޕަންކަޖް ތާޕާ، ވަރްތިކާ ޖާ އަދި އާކާޝް ޝެޓީއެވެ.
މިރޭ "ސުޕަ ޑާންސާ ޗެޕްޓަރ 4"ގެ ގްރޭންޑް ޕްރިމިއާގެ 3 ވަނަ ޝޯވ ދައްކާއިރު ޝޯވގެ ފޯރި ދެގުނަ އިތުރުވާނެކަމުގެ ޔަޤީންކަން ޝޯވގެ ޕްރޮޑިއުސަރުން ދެއެވެ. ޝޯވ ޕްރޮޑިއުސްކުރަނީ ރަންޖީތު ޓާކުރް އަދި ހެމަންތު ރޫޕްރެލްގެ ފްރޭމްސް ޕްރޮޑަކްޝަނުންނެވެ.
ކޮންމެ ހަފުތާއެއްގެ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ރޭ 7:30 ގައި ސޮނީ އެންޓަޓެއިންމެންޓް ޓެލެވިޜަންއިން ސުޕަ ޑާންސާގެ މުޅިން އާ އެޕިސޯޑެއް ގެނެސްދޭނެއެވެ. އިންތިޒާރު ކޮށްލައްވާށެވެ.
