ހައު އައި މެޓް ޔޯ މަދާ" އަކީ ސެޕްޓެމްބަރު 19، 2005 އިން މާޗް 31، 2014 އަށް ސީބީއެސް ގެނެސްދިން ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި ނުވަ ސީޒަނަކަށް ސިލްސިލާގެ 208 އެޕިސޯޑް ގެނެސްދިނެވެ.

"ހައު އައި މެޓް ޔޯ މަދާ" އަކީ ދުނިޔޭ ގެ ވަރަށް ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ތަފާތު އަދި ވަރަށް ސަޅި ޝޯއެކެވެ. ގިނަ ބަޔެއް ގެ ސަމާލު ކަން ލިބިފައިވާ މި ޝޯ އިން ދައްކުވައިދެނީ ފިރިހެނަކު އޭނާ ގެ އަންހެނުންނާއި ދިމާ ގޮތް އެ ދެމީހުންގެ ދަރިފުޅަށް ކިޔާދޭ ގޮތެވެ.

މި ސީރީޒް އަށް ލިބުން ބޮޑު ކާމިޔާބީގެ ސަބަބުން މި ޝޯގެ ޕްރޮޑަކްޝަން ޓީމްއިން މިވަނީ މިސީރީޒްގެ ސީކުއަލް އެއް ހަދަން ނިންމާފައިއެވެ. މި ސީކުއަލް ކިޔަން ނިންމާފައިވަނީ "ހައު އައި މެޓް ޔޯ ފާދާ" އެވެ. މި ޝޯ އެއާރ ކުރަން ނިންމާފައިވަނީ ސްޓްރީމިން ޕްލެޓްފޯމް ހުލޫއަށެވެ.

"ހައު އައި މެޓް ޔޯ ފާދާ" ގެނެސްދޭނީ ބަތަލާ ހިރަލީ ޑަފްގެ ނަރަޒިއްޔާތުންނެވެ. އެގޮތުން އޭގެ މައިގަނޑު ޕްލޮޓް އެނބުރޭނީ ފިރިމީހާ ނުވަތަ ދަރިފުޅުގެ ބައްޕައާ ދިމާވި ގޮތް ފިރިހެން ދަރިފުޅަށް ކިޔައިދޭ ގޮތަށެވެ.

"ހައު އައި މެޓް ޔޯ މަދާ" ގެ ލިޔުންތެރިންނަކީ އިޒާކް އެޕްޓޭކާ އާއި އެލިޒަބަތު ބާގާ އެވެ. އާ ސީރީޒްގެ އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ވެސް ކުރީގެ ސީރީޒްގެ މޭސްތިރިން ކަމަށްވާ ކާޓާ ބޭޒް އާއި ކްރެއިގް ތޯމަސް ހިއްސާވާނެ އެވެ.