ބޭނުންވާ ތަކެތި:
2 ގަނޑު ވަޅޯމަސް (ތުނިކޮށް ކޮށާފައި)
1 ގިތެޔޮ މިރުސް (ކޮށާފައި)
3-4 ހިކަނދި ފަތް
1 ކާށީގެ ހުނި
3 ފިޔާ (ތުނިކޮށް ކޮށާފައި)
2 ލުނބޯ
1 ސައިސަމުސާ އިނގުރު (ގާނާފައި)
4 ހިކިމިރުސް (ތެލުލި)
1 ސައިސަމުސާ މުގުރިމިރުސް
1 ސައިސަމުސާ އަސޭމިރުސް
ފުށް
ފެން
ރީނދޫ
ލޮނު
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފުށްގަނޑު މޮޑެން ދެބައިކޮށްފައި އެއްބައި ކާށި ހުނި، ފެން އަދި ލޮނު ލައިގެން ފުށްގަނޑު މޮޑެލާށެވެ. ފުށްގަނޑު މޮޑެލުމަށްފަހު ގުޅަ ހަދާފައި ބަހައްޓާށެވެ.
ދެން ފިޔާ، އިނގުރު، ގިތެޔޮމިރުސް، ހިކަނދިފަތް، ލޮނު ، ލުނބޯހުތް، ހިކިމިރުސް، އަސޭމިރުސް އަދި މުގުރިމިރުސް ބޮޑު ތައްޓަކަށް އަޅާފައި ރަނގަޅަށް ރަހަ ނިކުންނަން ދެން މޮޑެލާށެވެ.
އެއަށްފަހު، ވަޅޯ މަސްތައް އަޅާފައި އަނެއްކާވެސް މޮޑެލުމަށްފަހު ހުނި އަޅާފައި ހުރިހާ އެއްޗެއްގައި އެއްވަރަކަށް ރަހަހިފާވަރަށް މޮޑެލާށެވެ.
އެއަށްފަހު، ބޭނުންވާ ވަރަށް މަސްހުނިން ގުޅަ ހަދާފައި ފުއްގަނޑުން ހެދި ގުޅަ ތެރެއަށް މަސްހުނި ގުޅައެއް ލުމަށްފަހު ގުޅަ ބަންދު ކުރުމަށްފަހު އަތުން މަޑުމަޑުން މަސްރޮށި އޮންނަ ގޮތަށް ވަށްކޮށްލާށެވެ. ފުށްގުޅަ ހުސްވަންދެން މިހެން ހެދުމަށްފަހު ތަވާ އުނދުން މައްޗަށް އުދާފައި ފުށްގަނޑު ރޯފިލަންދެން ދެފުށް ދެފުށަށް ޖަހަމުން ފިހެލާށެވެ.
* ހަވީރު ގަޑީގައި ދިވެހީންގެ ތެރޭގައި އެންމެ މަގުބޫލު އެއް ހެދިކާ އަކީ މަސްރޮށްޓެވެ. ހޫނު ސައިތަށްޓަކާއި އެކުގައި މި މަސްރޮށި ވަރަށް މީރުވާނެއެވެ.
