ކްރީމް ކެރަމަލްއަކީ އަނގަޔަށް މީރު ފޮނިކާ އެއްޗެކެވެ. ތައްޔާރުކޮށްލަން ވަގުތުކޮޅެއް ހޭދަވީ ނަމަވެސް މިއީ ރޯދަމަހު ދިވެހިންގެ ތެރޭގައި ވަރަށް މަޤުބޫލު އެއްޗެކެވެ.

ތައްޔާރިއަށް ހޭދަވާނެ ވަގުތު: 30 މިނެޓު.

ކެއްކުމަށް ނަގާނެ ވަގުތު: 45 މިނެޓު.

ބޭނުންވާނެ ޖުމްލަ ވަގުތު: 1 ގަޑި 15 މިނެޓު.

ބޭނުންވާނެ ތަކެތި:

 • 1 ދަޅު ގެރިކިރު

• 1 ޖޯޑު ފެން

• 5 ބިސް

• 2 ސައިސަމްސާ ވެނީލާ އެސެންސު

• ½ ސައިސަމްސާ ލޮނު

• 3 މޭޒުމަތީ ސަމްސާ ހަކުރު

• 2 މޭޒުމަތީ ސަމްސާ ފެން 

ތައްޔާރުކުރާނެ ގޮތް:

• ތައްޓަކަށް ބިސްތަށް މޮއްވާލުމަށްފަހު، ގެރިކިރު، 1 ޖޯޑު ފެން އަދި ލޮނުކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮއްލާށެވެ.

• މަޑު ގިނީގައި، ފިހަން ގެންގުޅޭ ޓްރޭ ބަހައްޓާލާ، އެޔަށް ހަކުރުކޮޅާއި ފެންފޮދު އަޅާލާށެވެ.

• ހަކުރުކޮޅު ރަނގަޅަށް ވިރި، ރަތް(މަޅު) ވެލަންދެން ހޫނުކޮއްލާށެވެ.

• ހަކުރުކޮޅު މަޅުވުމުން، އުނދުން ނިވާލުމަށްފަހު 2 މިނެޓު ބަހައްޓާލާށެވެ.

• މަޅުކުރި ހަކުރުކޮޅު ކުޑަކޮށް ހަރުވެލާ ގޮތްވުމުން، ކުރިން އެއްކުރި ތަކެތި ހަކުރުކޮޅުގެ މައްޗަށް އޮއްސާލާށެވެ.

• 150 ޑިގްރީ އަށް އަވަން ހޫނުކޮއްލާށެވެ.

• ފުން ތަވައެއްގެ ތެރޭގައި ތުވާއްޔެއް ފަތްޖަހާލާ ބާރުކޮއްލާށެވެ. ފިހަން ތައްޔާރުކުރެވުނު ޓްރޭ އެ ތުވާލި މަތީގައި ބަހައްޓާލާށެވެ. ހޫނުފެންފޮދެއް އެ ތަވާގެ ތެރެއަށް އަޅާލާށެވެ. މި ފެންފޮދު ފިހަން ތައްޔާރުކުރެވުނު ޓްރޭގެ މެދާހިސާބަށް އަރަން ވާނެއެވެ.

• މުޅި ތަވާ އެއްކޮށް ފޮއިލު ކަރުދާހުން ބައްދާލާށެވެ.

• އަވަނުގައި 40 – 45 މިނެޓުވަންދެން ފިހެލާށެވެ.

• ފިހެ ނިމުމުން އަވަނުން ނަގާ ހިހޫ ވަންދެން ބަހައްޓާލާށެވެ. އެއަށްފަހު އިންސާފު ކުރައްވާށެވެ.