ބޭނުންވާ ތަކެތި:

6 ބިސް

1 ޖޯޑު ބްރޮކޮލީ (ކޮށާފައި)

1 ފިޔާ ( ކޮށާފައި)

¾ ޖޯޑު ބޯވެލިފަތް (ބޭނުންނަމަ މުރަނގަފަތްވެސް ބޭނުން ކުރެވިދާނެ)

1/2 ޖޯޑު  ޕާމެސަން ޗީޒް

1 ސައިސަމުސާ މުގުރި އަސޭމިރުސް

ލޮނު

 

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތަށްޓަކަށް ބިސްތައް އަޅާލުމަށްފަހު ގިރާލާށެވެ. އެއަށްފަހު ފިޔާ އަޅައިގެން މަޑުމަޑުން އެއްކުރަމުންދާށެވެ. ދެން، އެއަށްފަހު މުގުރިއަސޭމިރުސް އަޅާލާށެވެ. އޭގެފަހުން މަފިން ހަދާ ޓްރޭއަކަށް އޮލިވް އޮއިލް ސްޕްރޭ ކުރުމަށްފަހު ގިރާފައި ހުރި ބިސްތައް އަޅާލާށެވެ. އޭގެ މައްޗަށް ބްރޮކަލީ، ބޯވެލިފަތް އަޅާލާށެވެ. އޭގެ މައްޗަށް ޕާމެސަން ޗީޒް އެޅުމަށްފަހު އަވަނުގައި 20 މިނިޓް 180 ޑިގްރީގައި ފިހެލާށެވެ.

 

*މިއީ ހެނދުނުގެ ނާސްތާ އަށް ކަމުދާނެ އަދި ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ކާ އެއްޗެކެވެ.