މި ކުޑަ ކުއްޖާގެ މަންމަ(ލައުރާ) ސޯޝަލް މީޑިއާގައި ހާމަކޮއްފައިވާގޮތުން މި ކުއްޖާގެ އުމުރުން 14 މަހުގައި އޭނާގެ މަންމައަށް ބަދިގޭގައި އެހީވާން ފެށިއެވެ.
އޭނާ ބުނި ގޮތުގައި މި ކުއްޖާއަށް ބަދިގޭގެ ހުނަރުތަކާއި ކަންތައްތައް ދަސްކޮށްދޭން ފެށީ އެ ކުއްޖާ އަމިއްލައަށް ކަންކަން ކުރަން ފެށި ހިސާބުންނެވެ. އެގޮތުން ބައެއް ތަކެތި ތައްޔާރު ކުރުމުގައި ބޭނުންވާ ތަކެތި މިކުއްޖާ އަމިއްލަ އަށް ތައްޔާރު ކުރެއެވެ. އަދި އެހެން ބައެއް ތަކެތި ތައްޔާރުކުރުމުގައި ކުއްޖާގެ މަންމައަށް އަތްގާތްކޮއްދީ ހަދައެވެ.
އެގޮތުން ބައެއް ފޮނިތަކެތި ހަދާއިރު އެޔަށްބޭނުންވާ ތަކެތި އެއްކޮށް ފުއްގަނޑު ގިރުވައިދީވެސް ހަދައެވެ. އަވަން ޖެއްސުމާއި ހުޑްޖެއްސުން ފަދަ ކަންކަންވެސް މި ކުއްޖާ ބަދިގޭގައި ކުރެއެވެ.
މި ކުއްޖާގެ މަންމަ ބުނި ގޮތުގައި ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިއުން މިކަމުގައި އަމާޒުވިނަމަވެސް އޭނާ އޭނާގެ ދަރިފުޅަށް ރަނގަޅަށް ބަލާކަމަށް އޭނާ ބުންޏެވެ. އަދި އަވަން ނުވަތަ އުނދުން ރޯ ކޮށްފަ ހުންނަ ވަގުތު ހާއްސަ ސަމާލުކަމެއް ދޭ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އޭނާގެ އުންމީދަކީ މި ކުއްޖާއަކީ މޮޅަށް ކައްކާ އަދި އޭނާ ފަހުރުވެރިވާ ކުއްޖަކަށް ވުމެވެ.
