ބޭނުންވާ ތަކެތި:

1 ކުޑަ ބަރަބޯ (ކޮށާފައި އޮށް ނަގާފައި)

1 ކުޑަ ކައްޓަލަ (ކޮށާފައި)

1 ފިޔާ ( ކޮށާފައި )

10 ލޮނުމެދު

200 ގްރާމު ޗެރީ ޓޮމާޓޯ

2 ސައިސަމުސާ އޮލިވް އޮއިލް

1 ސައިސަމުސާ އިޓާލިއަން ސްޕައިސް

1 ސައިސަމުސާ އަސޭމިރުސް

1/2 ޖޯަޑު ހަނާކުރި ކެޖޫ ނަޓްސް

ބޭސިލް ފަތް (ކުދިކޮށް ކޮށާފައި)

ބަރަބޯ އޮށް (ހަނާކޮށްފައި)

1 ޖޯޑު ސޯއީ ދިޔާ ކިރު

ލޮނު

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބޮޑު ޓްރޭއެއްގައި ބަރަބޯ، ކައްޓަލަ، ފިޔާ، ލޮނުމިދު، އަސޭމިރުސް، ޓޮމާޓޯ، ސްޕައިސް، ލޮނު އަދި އޮލިވް އޮއިލް އަޅާފައި އަވަނުގައި 180 ޑިގްރީގައި 30 މިނެޓް ހުރިހާ އެއްޗެއް ރޯސްޓު ކޮށްލާށެވެ. ދެން ބަރަބޮލާއި ކައްޓަލަ މަޑުވުމުން، ކިރު އަދި ކެޖޫނަޓް އާއި އެއްކޮށް ހުރިހާ އެއްޗެއް މިކްސަރުން ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ބްލެންޑް ކުރެވުމުން  ބޯތަށްޓަކަށް  އަޅައި މައްޗަށް ބޭސިލްފަތް އަދި ބަރަބޯ އޮށް އަޅާށެވެ. މިއާއެކު، ބަރަބޯ ސޫޕް ތައްޔާރުކުރެވުނީއެވެ.

 

* ގާލިކް ބްރެޑާއެކު މި ސޫޕް ވަރަށް މީރުވާނެއެވެ. މި ސޫޕަކީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ އަދި އެހާމެ މީރު ސޫޕެކެވެ.