އެމެރިކާގެ ރައީސްކަމާއި ދާދިފަހުން ހަވާލުވި ބައިޑެން އަންނަނީ އޭނާގެ ރައީސްކަމުގައި އެތަކެއް ބޮޑެތި ނިންމުންތަކެއް ނިންމަމުންނެވެ.

އެގޮތުން ބައިޑެންގެ ސަރުކާރުގެ ވިސްނުމެއްގެ ގޮތުގައި ދާދިފަހުން ހާމަކުރެއްވި ވަރަށް ހައިރާން ކުރަނިވި ކަމެއް އެބަ އެބައޮތެވެ. އެމެރިކާގެ މުއްސަނދިންގެ އަތުން ނެގޭ ޓެކުހުގެ މިންވަރު ދެގުނަ ކުރުމުގެ ސިޔާސަތެކެވެ. ބައިޑެން ފާހަގަ ކުރައްވާ ގޮތުގައި މި ފަދަ ސިޔާސަތެއް އެމެރިކާއަށް އިންތިހާއަށް ބޭނުންތެރިއެވެ.

ބައިޑެންގެ މި ސިޔާސަތުގައި ބޮޑު ކުރެވޭ ޓެކުހުގެ އާމްދަނީ އަކީ އެ ގައުމުގެ ޔަތީމުހާނާ ތަކަށާއި ކުޑަކުދިންގެ މަރުކަޒުތަކަށް ހޭދަކުރާ ފައިސާއެވެ. އަދި ތައުލީމީ ނިޒާމަށްވެސް މި ފައިސާއިން ހަރަދު ކުރުމަށް ވިސްނާފައިވާކަމަށް ވައިޓް ހައުސްއާއި ހަވާލާ ދެއްވާ ނިއުޔޯކް ޓައިމްސްގައި ބުނެފައިވެއެ. 

އެމެރިކާގެ ރައީސް ކަމާއި ބައިޑެން ހަވާލުވެލެއްވީ ކުރީގެ ރައީސް ޓްރަމްޕް ބަލި ކުރައްވާފައެވެ. އެމެރިކާގެ ގިނަ އަދެދެއްގެ ރައްޔިތުން ބައިޑަންގެ ސިޔާސަތު ތަކަށް އަންނަނީ ތާއީދު ކުރަމުންނެވެ.