ބޭނުންވާ ތަކެތި:
1 އާފަލު (ކުދިކޮށް ކޮށާފައި)
3/4 ޖޯޑު ހަކުރު
1 ސައިސަމުސާ ފޮނިތޮށި (މުގުރާފައި)
1/2 ޖޯޑު ބަޓަރު (ދިޔާކޮށް)
2 ބިސް
1/2 ޖޯޑު ގްރީކް ޔޯގަޓް
1 ސައިސަމުސާ ވެނީލާ އެސެންސް
1/2 1 ޖޯޑު ފުށް
2 ސައިސަމުސާ ބޭކިންގ ޕައުޑަރ
1/2 ސައިސަމުސާ ބޭކިންގ ސޮަޑާ
ޓޮޕިންގ އަށް ބޭނުންވާނެ ތަކެތި:
1/4 ޖޯޑު ބްރައުން ޝުގާ
1 ސައިސަމުސާ ފޮނިތޮށި (މުގުރާފައި)
1 ސައިސަމުސާ ބަޓަރު (ދިޔާކޮށް)
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ތަށްޓެއްގައި އާފަލު، ހަކުރު އަދި ފޮނިތޮށި އަޅައިގެން އެއްކޮށްލާށެވެ. ދެން، ބަޓަރު، ބިސް، ޔޯގަޓް އަދި އެސެންސް އަޅައިގެން އަނެއްކާވެސް އެއްކޮށްލާށެވެ. ފުށް، ބޭކިންގ ޕައުޑަރ އަދި ބޭކިންގ ސޮޑާ އަޅާފައި ރަހަ ހެޔޮވަރު ކޮށްލާށެވެ. ޓޮޕިންގ ތައްޔާރުކޮށްލުމަށް ކުޑަ ތަށްޓެއްގައި ބްރައުން ޝުގާ، ފޮނިތޮށި އަދި ބަޓަރު އެއްްކޮށްލާނީއެވެ. އަވަން ބަހައްޓަން ވާނީ ކުރިއާލައި ހޫނުކޮށްފަ އެވެ. ދެން ޓްރޭއެއްގެ ތެރެއަށް މިކްސްކުރި ބައި ރަނގަޅަށް އަޅާފައި ތައްޔާރުކުރި ޓޮޕިންގ މައްޗަށް އެޅުމަށްފަހު އަވަނުގައި 180 ޑިގްރީ އަށް 30 އާއި 35 މިނެޓް ވަންދެން ފިހާށެވެ.
