އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ 2 ފުރުސަތު ލިބޭ ލަކީ ޑްރޯއެއް މިއަދު އިއުލާނުކޮށްފިއެވެ.

ދޯހާ މެރެތަން 2025 އޮންނާނީ 17 ޖަނަވަރީ 2025 ގައި ގަތަރުގައެވެ. 

މި ލަކީ ޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް 26 އޮކްޓޯބަރއިން ފެށިގެން 26 ނޮވެމްބަރ 2024 ގެ 23:59 އާއި ހަމައަށް ބައިވެރިވެވޭނެއެވެ. އަދި ނަސީބުވެރި 2 ފަރާތަށް ދޯހާ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

 

ލަކީ ޑްރޯގައި ބައިވެރިވުމުގެ ޝަރުތުތައް:

- އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން 1 އެއްއަހަރު ދުވަހުހުރުން، ލަސްވެގެން 1 އޮކްޓޯބަރ 2023އިން ފެށިގެން

- ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ހުރުން (ސިއްހީ ގޮތުން)، މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން. 

- ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން

- 26 އޮކްޓޫބަރ 2024 ގެ 23:59ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވުން

 

ލަކީޑްރޯގައި ބައިވެރިވުމަށް، ތިރީގައިވާ ލިންކަށް ޒިޔާރަތްކޮށްލައްވާ: 

ore.do/dohamarathon

ދޯހާ މެރެތަންއާ ގުޅޭ އިތުރު މައިލޫމާތު ހޯދުމަށް: 

https://www.dohamarathonooredoo.com/