ކަރައަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު މޭވާއެއް. ވަކިން ހާއްސަ ގޮތެއްގައި ރޯދަމަހު، ރޯދަ ވީއްލުމުގެ ސުފުރާމަތިން ކަރާގެ ބާވަތްތައް ފެނުމަކީ އާންމު ކަމެއް. އަނގަޔަށް މީރުވެފައި ހަށިގަނޑަށް ތާޒާކަން ލިއްބައިދިނުމުގެ އިތުރުން ސިއްޙީ އެތައް ފައިދާއެއް މި މޭވާއިން ލިއްބައިދޭ.
ކަރައަކީ ކަރުހިއްކުން ފިލުވައިލުމަށް ދެވަނައެއް ނެތް މޭވާއެއް. ކަރަލުގެ 92 އިންސައްތައަކީ ފެން ކަމަށް ވެފައި ކަރާގައި ކާބޯހައިޑްރޭޓްސް އެކުލެވިގެން ވާ މިންވަރު ދައްވުމުގެނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް ފަސޭހަވެގެން ދޭ. އަދި ފައިބަރުގެ ބައި އެކުލެވިފައި ވުމުން ހަޖަމުކުރުމުގެ ނިޒާމަށް ލުއިވެ މި ނިޒާމުގެ ސިއްހަތު ރަނގަޅު ކޮށްދޭ.
ފައިބަރުގެ އިތުރުން ކަރާގައި ވިޓަމިން އޭ، ސީ، ބީ1، ބީ5، ބީ6، ޕޮޓޭސިއަމް، އަދި މެގްނީސިއަމް، އެކުލެވިގެންވޭ. ހަމަ މިއާއެކު އޭގައި އެކުލެވޭ "ލައިކޮޕީން" ނަމަކަށް ކިޔާ މާއްދާއެއްގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމަށް ޖެހޭ އެކި ކަހަލަ ކެންސަރު ޖެހުމަށް ހުރަސް އަޅާ. އަދި ހަށިގަނޑުގައިވާ ކޮލެސްޓްރޯލް އާއި ލޭގެ ޕުރެސަރު ދައްކުރުމަށް އެހީވެދޭ. ނަތީޖާއެއްގެ ގޮތުން ކަރައަކީ ހާޓް އެޓޭކާއި، ސްޓްރޯކް ފަދަ ބޮޑެތި ބަލިތަކުން ދުރުކޮއްދިނުމަށް ބާރެއް ކަމަށް ސިއްޙީ މާހިރުން ވިދާޅުވޭ.
