ބޭނުންވާ ތަކެތި:

300 ގުރާމް ޑާރކް ޗޮކްލެޓް (ކޮށާފައި)

1 ސައިސަމުސާ މުގުރި ފޮނިތޮށި

1 ސައިސަމުސާ ހަކުރު ނޫނީ މޭޕްލް ސިރަޕް

1/2 ސައިސަމުސާ ކޮކޯ ޕައުޑާރ 

3 ޖޯޑު ކިރު 

ވިޕްޑް ކުރީމް

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެއްޔަކަށް ކިރު އަޅާފައި އެ ކައްކަން އުދާށެވެ. ކެކި ގަތީމަ އެއަށް ފޮނިތޮށި އަދި ޗޮކްލެޓް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން، ހަކުރު ނޫނީ މޭޕްލް ސިރަޕް އަޅާފައި ގިރާލުމަށްފަހު އުނދުން މަތިން ބާލަފައި އެ ދެ ޖޯޑަށް އަޅާށެވެ. ދެން، އޭގެ މައްޗަށް ވިޕްޑް ކުރީމް އަޅާފައި މައްޗަށް ކޮކޯ ޕައުޑާރ އަޅާށެވެ.

 

* މިއީ އާއްމުކޮށް ހުންނަ ހޮޓް ޗޮކްލެޓަށް ވުރެ އޮލަކޮށް ހުންނަ ކްރީމީ ހޮޓް ޗޮކްލެޓެކެވެ. ޗޮކްލެޓްގެ ބުއިންތަކަށް ލޯބިކުރައްވާ ބޭފުޅުންނަށް މި ހޮޓް ޗޮކްލެޓް ވަރަށް ކަމުދާނެއެވެ.