ޗައިނާގެ އިރުމަތީ ޕްރޮވިންސެއް ކަމައްވާ ޝަންޑޮންގެ ރައްޔިތަކަށް މަހެއް ކަމަށް ކިނބުލެއް ގަނެވިއްޖެއެވެ. ޗައިނާގެ އޮންލައިން ވިޔަފާރިއަކުން މި މީހާ އޯޑަރު ކުރި މަސް، ލިބުން އިރު އޭނާއަށް މިކަންވީ ވަރަށް ބޮޑު ސިހުމަކަށެވެ.
އެ މަސް ބަންދުކޮށްފައި އޮތް ފޮށި ކަނޑާލި އިރު އޭގެ ތެރޭގައި އޮތީ ބައި މީޓަރު ހުންނަވަރުގެ ކުޑަ ކިނބުލެކެވެ. އޭރުވެސް އެ ކިނބޫ ދިރޭކަމަށް ޗައިނާގެ ނޫސްތަކުން ބުނެއެވެ.
އޭނާ ވަނީ އެ ކިނބޫ އެ ސަރަހައްދުގެ ޕޮލިހުންނާއި ހަވާލުކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުން އެ ކިނބުލަކީ ނެތިގެން ގޮސްދާނެ ކަމުގެ ބިރުގައި ހިމާޔަތްކޮށްފައިވާ ކިނބުލުގެ ވައްތަރެކެވެ.
އޮންލައިން ވިޔަފާފިތަކުގައި މިފަދަ ބައެއް ހާދިސާތައް އަންނަނީ ހިނގަމުންނެވެ. އެހެންކަމުން އޮންލައިން ވިޔަފާރީގައި އިތުބާރުހިފޭ ފަރާތްތަކާއި އެކު ވިޔަފާރި ކުރުން ބުއްދިވެރިއެވެ.
