ޗައިނާގައި ހައްދާފައިވާ މޮޅު ކޮލިޓީގެ ބޮޑެތި ހުދު ލޮނުމެދުގެ އަގު މިހާރު އަތްފޯރާފަށުގައި މާލޭގެ ބާޒާރުން ލިބެން ހުންނާނެއެވެ. ރެޑްފްލޫޓް ޕްރައިވެޓް ލިމިޓެޑުން ރާއްޖެ އެތެރެކޮށް ވިއްކާ މި ލޮނުމެދަކީ ޓްރިޕްލް އޭ ގްރޭޑްގެ ލޮނުމެދެވެ. ސައިޒުން ބޮޑެތިވެފައި ހުދުކަން ގަދަ މި ލޮނުމެދަކީ ކައްކާއިންގެ ވަގުތު ސަލާމަތްކޮށްދޭނެ އެއްޗެކެވެ.
ރެޑްފްލޫޓް ޕްރައިވެޓް ލިމިޓެޑްގެ ގުދަން ހުންނާނީ މއ. ތަރިޖެހިއާގޭގައެވެ. ބޮޑެތި އަދަދު ތަކުން ނަންގަވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް 7729477 އަށް ގުޅުމުން ލިބޭނެއެވެ. މި ލޮނުމެދުގެ 10 ކިލޯގެ ބަސްތާއެއް މިހާރު އެންމެ 250 ރުފިޔާއަށް ލިބެން ހުންނާނެއެވެ.
ރޯދަމަހުގެ ސުފުރާތައް ފަޅުފިލުވާދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ލޮނުމެދަކީ ކެލޮރީ މަދު އަދި ލޭގެ ޕްރެޝަރ ދަށްކުރުމަށް އެހީވެދޭ އެއްޗެކެވެ. މީގެ އިތުރުން ކޮލެސްޓްރޯލް ދަށްކުރުމާއި، އަލްޒައިމާ އަދި ޑެމެންޝިޔާއިން ދުރުކޮށް ދިނުމަށް މުހިންމު ދައުރެއް ލޮނުމެދު ކުޅެއެވެ.
