އުރީދޫގެ ހާއްސަ އާންމު ޖަލްސާއެއް އަންނަ މަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އުރީދޫން މިއަދު ބުނީ އެ ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 27ގެ 14:00 ގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.
އެގޮތުން އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އެ ޖަލްސާގައި ބައިވެރިވެގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާގެ އައިޓަމްތަކަށް ވޯޓު ދެވޭނެ ކަމަށެވެ. އެ ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މިމަހުގެ 30 ގައި އެކުންފުނީގެ އިންވެސްޓާސް ވެބްސައިޓުގައި އާންމު ކުރާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.
އެ ނޯޓިސް އާއެކު ޖަލްސާ ބާއްވާނެ ތާރީހާއި ގަޑިއާއި ތަނާއި އެެޖެންޑާ އައިޓަމްތައް، އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައް ވެސް އާންމުކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
