ކޮވިޑް19 ގެ ހާލަތު އެންމެ ގޯސް އެއްގައުމު ކަމައްވާ އިންޑިޔާގެ ހާލަތު އަދިވެސް އަންނަނީ ގޯސްވަމުންނެވެ. އިންޑިޔާގައި ކޮވިޑް19 ޖެހޭ ގިނަ ބަޔަކު މަރުވަމުން ދާއިރު ގިނަ ބަޔަކަށް މި ބަލި އަންނަނީ ޖެހެމުންނެވެ.
މިބަލީގައި އިންޑިޔާގައި މަރު ގިނަވާ އެއް ސަބަބަކީ އޮކްސިޖަން ހުސްވުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މިބަލީގައި ފަރުވާ ހޯދަމުންދާ ބައެއްމީހުން، އޮކްސިޖަން ނުލިބުމުގެ ސަބަބުން އަޅާވޭނަށް ކެތް ނުކުރެވިގެން ހޮސްޕިޓާތަކުގެ މަތީ ފުލޯތަކުން ބިއްމައްޗަށް ފުއްމާލަން މަސައްކަތް ކޮށްފައިވާ ކަމައްވެސް ރިޕޯޓުތަކުން ބުނެއެވެ.
އަދި މިބަލީގައި މަރުވާ މީހުން އާއިލާތަކާއި ހަވާލުކުރަމުންދާތީ، މަރުވެފައިވާ މީހުން މަގުތަކުގައި އުފުލާމަންޒަރު މިހާރުވަނީ އާންމުވެފައެވެ. މަގުތަކުގެ ކައިރީގައިވެސް މަރުވެފައި ތިބޭ ބައެއް މީހުން ބައިތިއްބައިފައި ތިބޭ މަންޒަރުވެސް ފެންނަމުން ދެއެވެ.
