"ހާދަ ކަޅޭ." "ހާދަ ކުޑައޭ ދޯ ކުއްޖަ." "މިފަހަރު ތިއޮތީ ކަޅު ކޮއްލާފަ ދޯ" 

މިފަދަ ބަސްތަކަކީ ރާއްޖޭގައި އަބަދުވެސް އެކަކު އަނެކަކުގެ ތުއްތު ކުއްޖާއާއި ދިމާލަށް ބުނެވެމުން އަންނަ ބަސްތަކެވެ. ރަށަށް ނުވަތަ އާއިލާ އަކަށް އަލައ ތުއްތު ކުއްޖަކު އައިސްފި ނަމަ މިފަދަ ބަސްތަށް ރަށުގެ އެކި ދިމަދިމާލުން އަޑު އިވޭ ވަރު ބޮޑަށް އިތުރު ވެގެން ދެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ، މީ އާންމު ކަމަކަށް ހަދައިގެން ކުރަން އެހާ ރަނގަޅު ކަމެއް ތޯއެވެ؟. 

ކޮންމެ މައެއް އަދި ބަފަޔަކުވެސް ދަރިއަކު ހޯދާނީ އެތަކެއް އުންމީދަކާއި އެތަކެއް ބުރަ ތަކެއް ތަހައްމަލު ކުރުމަށް ފަހުގައެވެ. ނުވަ މަހާއި ދިހަ ދުވަސް ވަންދެން ބަނޑުގައި ދަރިފުޅު ބޭއްވުމަށް ފަހު ދުނިޔޭގެ އަލިކަން ފެންނަ ހިސާބުންވެސް ތުންތުން މަތިން ކުއްޖާގެ ސިފަޔާއި މެދު އެއްޗެހި ބުނަން ފަށައެވެ. 

މިފަދަ ބަސްތަށް އަޑު އިވެމުން ދާތީ އެ ކުއްޖާގެ މައިންބަފައިންނަށް ކުރާނެ އަސަރާއި މެދު އެހެން ބުނާ މީހާ އެއް ފަހަރުވެސް ވިސްނާލާ ތޯއެވެ. ނުވަތަ ތިމާގެ އަމިއްލަ ދަރިފުޅާއި  ދިމާލަށް އެގޮތަށް މީހުން އެއްޗެއް ބުނެފި ނަމަ ކުރާނެ އަސަރާއި މެދު ވިސްނާލެވޭތޯއެވެ. 

އަދި އޭގެ އިތުރުން، ނަމޫނާ ދައްކަން ތިބޭ ބޮޑެތި މީހުންގެ ދުލުން މިކަހަލަ ބަސްތަށް ބުނާ އަޑު ގައިމުވެސް ކައިރީގައި އުޅޭ ކުދިންނަށް އަޑު އިވޭނެއެވެ. ނަތީޖާ އަކަށް ވެގެންދާނީ އެކުދިން ބޮޑު ވެގެން އަންނަ އިރު ސްކޫލު ތެރޭގައި ނުވަތަ ކުޅެން އުޅޭ ދަނޑު މަތީގައި ކުދިންނާއި ދިމާލަށް އެފަދަ ބަސްތަށް ބުނަން ފެށުމެވެ. މިކަމުގެ ސަބަބުން ބަސް ރައްދުވާ ކުއްޖާ އެވެގެން އަންނަނީ ހަނގާގެ ޝިކާރައަށެވެ. އެއްވެސް މަޔަކު އެމީހާގެ ދަރިފުޅަށް މިފަދަ ދެރައެއް ލިބޭކަށް ނޭދޭނެކަން އެއީ ޔަގީން ކަމެކެވެ.   

އެހެން ކަމުން ކޮންމެ މީހަކުވެސް އަމިއްލަ ފަރުދީ ޒިންމާ އެއް ކަމަށް ދެކިގެން މިފަދަ އަމަލު ތަށް ކުރުން ހުއްޓާލަން އެބަ ޖެހެއެވެ. ހަވީރު ފިންޏަށް ނިކުމެ ޖޯލިފަތި ތަކުގައި ތުއްތު ކުދިންގެ ސިފަޔަށް ފާޑު ކިޔުމުގެ ބަދަލުގައި ކުރެވޭނެ އެހެން ކަމެއް އާދަ ކުރަމާއެވެ.