މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް ގުޅިގެން ގެނެސްދޭ ވެބް ސީރީޒް "އަވަށްޓެރިޔާ" އާއި ބައްދަލުކޮށްލަން ބޭނުން ހެއްޔެވެ؟ އެހެންނަމަ އަވަހަށް ބައިސްކޯފަށް ސަބްސްކްރައިބް ކޮށްލާށެވެ.

ފަހުގެ މަޝްހޫރު ގިނަ މޫނުތަކެއް ފެނިގެންދާ މި ވެބް ސީރީޒްގެ ތިން އެޕިސޯޑް ދައްކާފައިވާއިރު މިއީ ކޮމެޑީ ޑްރާމާ ވެބް ސީރީޒެކެވެ. ކާސްޓުންގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އަޒްމީލް (އަޒޭ)، އަޙްމަދު ޢީސާ (އާނަންދު)، އާމިނަތު ނޫރާ، އަޙްމަދު ޒިޔާ، ޢަލީ އުސާމް (ދޮނާ) އަދި އަލަށް ތަޢާރަފުކުރާ އަންޝާމް މުޙައްމަދު ހިމެނެއެވެ.

މި ސީރީޒްގައި މައިގަނޑު ގޮތެއްގައި ދައްކަނީ "ހައްލު އެޖެންސީ"ގެ ނަމުގައި އެޖެންސީއެއް ހިންގާ ޑރ. އަލްޤީން (ޖިމީ)ގެ ގާތަށް ދިރިއުޅުމުގައި ދިމާވާ މައްސަލަތަކުގެ ހައްލު ހޯދަން ދާ ކަސްޓަމަރުން ކަމަށްވާ ސޯލިހު (ދޮން އައްޔަ) އާއި ޖާބިރު (އަޒޭ) އާއި ރަސީން (އުސާމް)ގެ ދިރިއުޅުމުގައި ދިމާވާ މަޖާ ކަންތައްތަކެކެވެ. ޤާލިބު (އާނަންދު) އަކީ ޑރ. އަލްޤީންގެ އަރިސް މުވައްޒަފެކެވެ.

ﷲޢަބްދު ޝިވާޒް (މާސްކޭ) ކެމެރާކުރާ މި ވެބް ސީރީޒްގެ މިއުޒިކް ތައްޔާރުކޮށްދެނީ އައްޔުމަން ޝަރީފެވެ. ޒިޔާ ސީރީޒްގެ ޑަބިންގ ކުރިއަށް ގެންދާއިރު ސީރީޒް ލިޔެ، ޑައިރެކްޓްކޮށް އެޑިޓްކުރަނީ ޔޫއްޕެއެވެ. ކޮމެޑީ ސީރީޒްތައް ކަމުދާ ފަރާތްތަކަށް "އަވަށްޓެރިޔާ" ވަރަށް ކަމުދާނެކަމުގެ ޔަޤީންކަން ދެމެވެ.