އިންޑިޔާގެ ހާލަތު ނުރައްކާވެފައިވާ މިހާލަތުގައި އެގައުމުގައި އެތަކެއް ކަމެއް އަންނަނީ މަނާކުރަނުންނެވެ. އެގޮތުން ކައިވެނި ހަފްލާތަށްފަދަ ހަފްލާތައްވެސް ނުބޭއްވުމަށް އަންނަނީ އެގައުމުގެ ސިއްހީމާހިރުންނާއި ގައުމުގެ ބޮޑުން ގޮވާލަމުންނެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި އިންޑިޔާގެ މަދްޔަ ޕުރަދޭޝްގައި އާދަޔާހިލާފު ގޮތަކަށް ކައިވެންޏެއް ކޮށްފިއެވެ. ކައިވެނި ކުރި ފިރިހެން މީހާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކޮވިޑް19 އަށް ފައްސިވެފައެވެ. ކައިވެނި ކުރި އިރު ފިރިހެންމީހާ ދަނީ ކޮވިޑް19 އަށް ފަރުވާކުރުމަށް ބޭސްވެސް ބޭނުން ކުރަމުންނެވެ.
އެހެންކަމުން އެ ކައިވެނި ކުރުމަށްޓަކައި ކައިވެނި ކުރި ދެމީހުން ވަނީ ސަލާމަތީ ފިޔަވަޅުތައް އެކުލެވޭ ހެދުން (ޕީޕީއީ) އަޅާފައެވެ.
އެކި އެކި ސަބަބުތަކާއެކު އެ ކައިވެނި ކުރުމަށް އެ ސްޓޭޓުން ހުއްދަނުދިން ނަމަވެސް ޕީޕީއީ އެޅުމަށް ޝަރުތުކޮށް އެކައިވެނި ކުރުމުގެ ހުއްދަވަނީ ދީފައެވެ.
އިންޑިޔާގައި ކޮވިޑް19 ޖެހިގެން މިހާތަނަށް 200،000 އަށް ވުރެ ގިނަމީހުންވަނީ މަރުވެފައެވެ. އަދި އެގައުމުގެ ހޮސްޕިޓަލްތައް ފުރި ފަރުވާ ނުދެވޭ ރައްޔިތުންވެސް އިންތިހާއަށް އަންނަނީ ގިނަވަމުންނެވެ.
