އިންޑިޔާގައި އެއްއާއިލާއަކަށް ނިސްބަތްވާ 4 މީހަކު އަމިއްލައަށް މަރުވެފައި ވަނިކޮށް ފެނިއްޖެއެވެ.
އިންޑިޔާގެ ނަޑިގައްޑާ އަވަށަށް ނިސްބަތް މިއާއިލާގެ 4 މީހުން އަމިއްލަ އަށްމަރުވި އިރު 18 އަހަރު ނުފުރޭ ދެކުދިންވެސް އޭގެތެރޭގައި ހިމެނެއެވެ. މީގެ އިތުރުން މިހާދިސާގައި މަރުވެފައިވަނީ އެދެކުދިންގެ މަންމައާއި ބައްޕައެވެ. މި މީހުން މަރުވެފައިވަނީ ގިނަ އަދަދަކަށް ނުބައި ބޭސްތަކެއް ބޭނުންކޮށްގެންނެވެ.
މިހާދިސާ ހިނގަން މެދުވެރި ސީދާ ސަބަބެއް އަދި އެނގެން ނެތް ނަމަވެސް އިންޑިޔާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެ އާއިލާ އަކީ ވަރަށް ފަގީރު އާއިލާއެއް ކަމަށާއި އެމީހުން ދިރިއުޅެނީ ގިނަ ބަޔަކަށް ދަރައިގެން ކަމަށެވެ. އެމީހުން އަމިއްލަ އަށް މަރުވަން ޖެހުނު ސަބަބަކީ މި ދެންނެވި ދަރަނި ދޫކުރި ފަރާތްތަކުން އެ އާއިލާއަށް މަޖުބޫރުތަކެއް ކުރުވާތީ ކަމަށެވެ. ނަމަވެސް ހަގީގީ ސަބަބު ހޯދުމަށް މިހާރު އެ 4 ހަށިގަނޑުވެސް ވަނީ ޕޯސްމޯޓަމް ހަދަން ނިންމާފައެވެ.
އިންޑިޔާގައި މުއްސަނދިންނާއި ފަގީރުންގެ ފަރަގު ވަރަށްވެސް ބޮޑެވެ. އެހެންކަމުން، އިޖްތިމާއީ އެތަކެއް މައްސަލަތަކެއް ފެންމަތިވެއެވެ.